އަންނަ މަހުގެ ނުވަވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ރިޔާސީ ކެންޑިޑޭޓުންގެ ބަހުސް އަންނަ މަހުގެ އެއްވަނަ ދުވަހު ބާއްވަން ޕީއެސްއެމްއިން ނިންމައިފިއެވެ.
ޕީއެސްއެމްއިން ނެރުނު ބަޔާނެއްގައި ވަނީ، ބަހުސް އޮންނާނީ އަންނަ މަހުގެ އެއްވަނަ ރޭ ނުވައެއް ޖަހާއިރު ކަމަށެވެ. މި ބަހުސުގައި ކެންޑިޑޭޓުންގެ ތަސައްވަރާއި، ސިޔާސަތުތަކާއި، ކުރިއަށް އޮތް ފަސްއަހަރުގެ ދައުރާ މެދު ކުރާ އުންމީދުތައް ހާމަކުރައްވާނެއެވެ.
ޕީއެސްއެމްއިން ވަނީ އެ ޗެނަލާ ގުޅިގެން ކެންޑިޑޭޓުންގެ ބަހުސް ޕްރޮގްރާމް ގެނެސްދިމުގެ ފުރުސަތު އެހެން މީޑިއާތަކަށް އޮންނާނެ ކަމަށް ބުނެފައެވެ.
މި އަހަރުގެ އިންތިޚާބުގައި އަށް ކެންޑިޑޭޓުން ވާދަކުރެއެވެ. އެއީ،:
- އުމަރު ނަސީރު - އަމިއްލަ
- ހަސަން ޒަމީލް - އަމިއްލަ
- ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު - އެމްޑީޕީ
- ޑރ. މުޙައްމަދު މުއިއްޒު - ޕީއެންސީ
- ޤާސިމް އިބްރާހީމް - ޖުމްހޫރީ ޕާޓީ
- އަހްމަދު ފާރިސް މައުމޫން - އަމިއްލަ
- އިލްޔާސް ލަބީބް - ދަ ޑިމޮކްރެޓްސް
- މުޙައްމަދު ނާޒިމް - އެމްއެންޕީ
އަށް ކެންޑިޑޭޓުން ވެސް ގެންދަވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކެމްޕޭން ހަރަކާތްތައް ހިންގަވަމުންނެވެ. އަދި، މެނިފެސްޓޯއާއި ސިޔާސަތުތައް ކިޔައިދެއްވަމުންނެވެ.