އެސްޓީއޯ ސްޓާފް ޖިމް، އެސްޓީއޯ ގުރޫޕުގައި ހިމެނޭ ހުރިހާ ކުންފުނިތަކުގެ މުވައްޒަފުންނަށް ހުޅުވާލައިފިއެވެ.
އެސްޓީއޯ ސްޓާފް ކުއާޓާގައި ހުންނަ މި ޖިމް ރޭ ހުޅުވައި ދެއްވީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ އަބްދުﷲ ސައީދެވެ.
މި ރަސްމިއްޔާތުގައި ސައީދު ވިދާޅުވީ، ޖިމް ބޭނުންކުރުމަށް އެސްޓީއޯގެ މުވައްޒަފެއްގެ އަތުން އެއްވެސް ފީއެއް ނުނަގާނެ ކަމަށެވެ. އަދި މުވައްޒަފުން ޖިމުގައި ކަސްރަތު ކުރަމުންދާއިރު، އެހީތެރިކަން ފޯރުކޮށްދިނުމަށްވެސް ފީއަކާ ނުލައި ފިޓްނަސް އިންސްޓްރަކްޓަރުންވެސް ތިބޭނެ ކަމަށް އެސްޓީއޯއިން ބުނެފައިވެއެވެ.

އެސްޓީއޯ ސްޓާފް އަލުން ޖިމް ހުޅުވުން--
މި ޖިމް ހުޅުވުމުގެ ރަސްމިއްޔާތުގައި، އެސްޓީއޯ ގްރޫޕުގައި ހިމެނޭ ކުންފުނިތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.
އެސްޓީއޯއިން ބުނީ، އެންމެ ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ހަދާފައިވާ މި ޖިމަކީ ޖާގަ ތަނަވަސް، ގިނަ ބަޔަކަށް ބޭނުން ކުރެވޭނެ ޖިމެއް ކަމަށެވެ.