އާތިފާއި ޔާސިރު ކުޅުދުއްފުށިން 60 ޕަސެންޓް ވޯޓު ކަށަވަރު ކޮށްދޭނެ: އެމްޑީޕީ

ކުޅުދުއްފުށި ސިޓީގެ މޭޔަރު މުހައްމަދު އާތިފާއި ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފް އަދި ކައުންސިލަރުން އަލުން އެމްޑީޕީއަށް ސޮއިކުރެއްވުން / ފޮޓޯ: އެމްޑީޕީ

ކުޅުދުއްފުށި ސިޓީގެ މޭޔަރު މުހައްމަދު އާތިފާއި ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފް އަލުން އެމްޑީޕީއާ ގުޅުމާއެކު ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް އެ ސިޓީން 60 ޕަސެންތް ވޯޓު ކަށަވަރު ވެއްޖެކަމަށް އެމްޑީޕީން ބުނެފިއެވެ.

އާތިފާއި ޔާސިރުގެ އިތުރުން ކުޅުދުއްފުށީ ކައުންސިލްގެ ބައެއް މެންބަރުން ވަނީ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައި އުފެއްދި ސިޔާސީ ޕާޓީ، ދަ ޑިމޮކްރެޓްސްއަށް ސޮއި ކުރައްވާފައެވެ.

ނަމަވެސް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ބައިވެރިވެވަޑައިގެންނެވި ބައްދަލުވުމެއްގައި އެ ބޭފުޅުން ވަނީ ރޭ އަލުން އެމްޑީޕީއަށް ސޮއި ކުރައްވާފައެވެ.

އެކަމާ ގުޅިގެން އެމްޑީޕީގެ ސްޕޯކްސްޕާސަން އަނަސް އަބްދުއްސައްތާރު މިއަދު "ސަން"އަށް ވިދާޅުވީ، މޭޔަރު އާތިފް އާއި މެންބަރު ޔާސިރު އަލުން އެމްޑީޕިއާ ގުޅިވަޑައިގަތުމަކީ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށް އެ ޕާޓީއަށް ލިބޭ އިތުރު ކުރިއެރުމެއް ކަމަށެވެ.

އެގޮތުން، މުޅި ކުޅުދުއްފުށީގެ އާބާދީން 60 ޕަސެންޓަށް ވުރެ ގިނަ ވޯޓު އަންނަ އިންތިޚާބުގައި އެމްޑީޕީއަށް ފަސޭހަ ކަމާއެކު ކާމިޔާބު ކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

https://sun.mv/180874

"ކުޅުދުއްފުށީގެ ލީޑާޝިޕް އެއީ ދެން ގާތްގަނޑަކަށް އެމްޑީޕީއާ އެ ގުޅުނީ، އެހެން ވީމަ ހަމަ ގައިމުވެސް މެޖޯރިޓީ ހޯދަން ލިބުނު މޮޅެއް މިއީ،" އަނަސް ވިދާޅުވިއެވެ.

މެންބަރު ޔާސިރަކީ ވޭތުވެ ދިޔަ ދުވަސްތަކުގައި ރައީސް ޞާލިޙަށާއި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވި ބޭފުޅެކެވެ. އެގޮތުން އެމްޑީޕީގައި ފިކުރެއްގެ ދިރުން ނަމުގައި ވަކި ގޮތްޕެއް ހައްދަވައިގެން ރައީސް ނަޝީދަށް ތާއީދު ކުރައްވާ މެންބަރުންނާއެކު އިސް ސަފުގައި އޭނާ މަސައްކަތް ކުރެއްވިއެވެ. އަދި ޑިމޮކްރެޓްސް އުފެއްދުމުގައި ވެސް އިސްކޮށް ހަރަކާތްތެރިވިއެވެ.

comment ކޮމެންޓް