ބީއެމްއެލްގެ ކްރެޑިޓް ކާޑުން ވިޔަފާރިކޮށްގެން ބޭރު ދަތުރެއް ހޯދުމުގެ ފުރުސަތު

ބީއެމްއެލްގެ ބައެއް ކާޑުތައް--- ފޮޓޯ/ ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސްގެ ކްރެޑިޓް ކާޑުން ވިޔަފާރިކުރާ ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

މިއަދު ފެށި އެ ޕްރޮމޯޝަނުގެ މުއްދަތުގައި، ކްރެޑިޓް ކާޑުން ވިޔަފާރި ކުރާ ކަސްޓަމަރުންގެ މެދުގައި ގުރުއަތެއް ނަގާނެއެވެ. އެ ގުުރުއަތުން ހޮވޭ ނަސީބުވެރިޔަކަށް، މެލޭޝިއާ އާއި، ތައިލެންޑަށް ދަތުރެއް ލިބޭނެއެވެ.

އެ ދަތުރުގެ ދެކޮޅު ޓިކެޓާއި، ހުރުމުގެ ޚަރަދު، އަދި ޕޮކެޓު މަނީގެ ގޮތުގައި 1000 ޑޮލަރު ބީއެމްއެލުން ދޭނެއެވެ.

މީގެ އިތުރުން އަލަށް ކްރެޑިޓް ކާޑެއް ނަގާ ކަސްޓަމަރުންގެ ތެރެއިން އަންނަ އޮކްޓޫބަރު މަހުގެ ނިޔަލަށް ލިމިޓުގެ 80 ޕަސެންޓު ޚަރަދުކުރާ ކަސްޓަމަރުންނަށް 1500 ރުފިޔާ އަނބުރާ ލިބޭނެއެވެ.

އަދި އެ މުއްދަތުގެ ކުރިން ބީއެމްއެލްގެ ރިވޯޑްސް ޕްރޮގްރާމަށް ރަޖިސްޓްރީ ކުރާ ކަސްޓަމަރުންނަށް އިތުރު 1000 ޕޮއިންޓު ދިނުމަށް ވަނީ ހަމަޖެހިފައެވެ.

comment ކޮމެންޓް