ސިމްޑީގެ ގިނަ ޕްރޮޑަކްޓުތަކާއެކު، އާ ފިހާރައެއް ހުޅުމާލޭގައި ހުޅުވައިފި

ހުޅުމާލޭގައި އަލަށް ހުޅުވި، ސިމްޑީގެ އާ ފިހާރަ "ސިމްޑީ ރެކްރިއާ" --- ސަން ފޮޓޯ/ މުޙައްމަދު ޝާތިއު އަބްދުﷲ

ދިވެހިންގެ ތެރޭގައި ނަން ހިނގާ އެތައް އުފެއްދުންތަކެއް ރާއްޖެ އެތެރެކޮށް، ވިއްކާ ސިމްޑީ ގުރޫޕުގެ އާފިހާރައެއް ހުޅުމާލޭގައި ހުޅުވައިފިއެވެ.

ހުޅުމާލޭ ނިރޮޅުމަގުގައި ހުންނަ އެ ފިހާރަ ރޭ ހުޅުއްވައިދެއްވީ ސިމްޑީ ގުރޫޕުގެ މެނޭޖިން ޑިރެކްޓަރު ޔޫޝައު ހަސަންއެވެ.

އެ ފިހާރައިން ކާބޯތަކެއްޗާއި، ގޭގައި ހިފާ ގެންގުޅޭ ތަކެތި، އިލެކްޓްރޯނިކް ސާމަނުގެ އިތުރުން، ބަދިގޭ ސާމާނާއި، އަދިވެސް އާންމު ދިރިއުޅުމަށް ބޭނުންވާ ގިނަ މުދާ ހޯލްސޭލްކޮށް، އަދި ރީޓެއިލްކޮށް ލިބެން އެބަ ހުއްޓެވެ.

މި ހަފުތާގައި ވިޔަފާރިކުރާ ހުރިހާ އެންމެންނަށް އެ ފިހާރައިން ހާއްސަ ޕްރޮމޯޝަނެއްގެ ފުރުސަތުވަނީ ހުޅުވާލާފައެވެ. އެގޮތުން އިއްޔެއިން ފެށިގެން، އަންނަ ހޮނިހިރު ދުވަހާ ހަމައަށް އެ ފިހާރައިން ވިޔަފާރިކުރާ އެންމެންނަށް ހާއްސަ ލަކީޑްރޯއެއްގައި ބައިވެރިވެވޭނެއެވެ.

ހުޅުމާލޭގައި އަލަށް ހުޅުވި، ސިމްޑީގެ އާ ފިހާރަ "ސިމްޑީ ރެކްރިއާ" --- ސަން ފޮޓޯ/ މުޙައްމަދު ޝާތިއު އަބްދުﷲ

އަންނަ އާދީއްތަ ދުވަހު އޮންނަ ލަކީޑްރޯއިން ގުރުއަތުން ހޮވޭ ތިން ނަސީބުވެރިންނަށް ހާއްސަ އިނާމުތަކެއް ކަނޑައަޅާފަައިވެއެވެ. އެއީ؛

  • 1 ވަނަ: 3000ރ ގެ ސިމްޑީ އޮންލައިން ގިފްޓް ވައުޗާ
  • 2 ވަނަ: 1500ރ ގެ ސިމްޑީ އޮންލައިން ގިފްޓް ވައުޗާ
  • 3 ވަނަ: 500ރ ގެ ސިމްޑީ އޮންލައިން ގިފްޓް ވައުޗާ

ދުނިޔޭގެ އެންމެ ކޮލިޓީ އުފެއްދުންތައް ދިވެހިންނާ ހަމައަށް ފޯރުކޮށްދިނުމުގައި 22 އަހަރު ވެފައިވާ ސިމްޑީ ގުރޫޕުގެ އެންމެ މުހިއްމު މަގުސަދަކީ، ކަސްޓަމަރުންނަށް ފަސޭހަ އުފެއްދުންތަކާއި، ޚިދުމަތްތައް ތައާރަފުކޮށް، ފަސޭހައިން ލިބޭނެ ގޮތް ހެދުން ކަމަށް އެ ކުންފުނިން ބުނެއެވެ. މިހާރު ވެސް 200އަށް ވުރެ ގިނަ ބްރޭންޑުގެ 1500އަށްވުރެ ގިނަ އުފެއްދުންތައް ސިމްޑީގެ ޕޯޓްފޯލިއޯގައި ހިމެނެއެވެ.

comment ކޮމެންޓް