ސަން ސިޔާމް ވިލު ރީފް ރިސޯޓުގައި ދުނިޔޭގެ ޒުވާނުންގެ ދުވަސް ވަރަށް ކުލަގަދަކޮށް ފާހަގަކޮށްފިއެވެ.
ދުނިޔޭގެ ޒުވާނުންގެ ދުވަސް ކަމަށްވާ އޮގަސްޓު މަހުގެ 12 ވަނަ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ސިޔާމް ވިލު ރީފުގައި ވަނީ ތަފާތު ހަރަކާތްތައް ކުރިއަށް ގެންގޮސްފައެވެ.

ސިޔާމް ވިލު ރީފުގައި ދުނިޔޭގެ ޒުވާނުންގެ ދުވަސް ފާހަގަކުރުން --
މި ދުވަސް ފާހަގަކުރުމަށް ބޭއްވި ހަކަރާތްތަކުގައި ވިލު ރީފުގެ ފެމިލީ ކުލަބުން ދައުވަތު ދީގެން ޑެލިގޭޓުންގެ ގޮތުގައި ފަސް ބޭފުޅުން ބައިވެރިވިއެވެ. އެއީ ފިޝަރީޒް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހްމަދު ނާސިރު އަދި އަމިއްލަ ތިން ޖުމިއިއްޔާއަކުން ހަތަރު ބޭޅުންނެވެ.

ސިޔާމް ވިލު ރީފުގައި ދުނިޔޭގެ ޒުވާނުންގެ ދުވަސް ފާހަގަކުރުން --
އިއްޔެ ހެނދުނު 10:00 ގައި ޕްރޮގްރާމްތައް ފެށީ މި ދުވަހާ ބެހޭ ގޮތުން ރިސޯޓުގެ އޮޕަރޭޝަންސް މެނޭޖަރު އާދަމް މުޙައްމަދު ފުޅު ދެއްކެވި ވާހަކައިންނެވެ. އަދި، އެއަށް ފަހު ފިޝަރީޒް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހްމަދު ނާސިރު ވާހަކަދެއްކެވިއެވެ.

ސިޔާމް ވިލު ރީފުގައި ދުނިޔޭގެ ޒުވާނުންގެ ދުވަސް ފާހަގަކުރުން --
"ދެން އޮތީ ދުވަހާބެހޭ ޚާއްސަ ކޭކެއް ފެޅުން. އެއަށް ފަހު މެންދުރު ކުރިން ދިޔައީ ޝެޝަންތައް. އެއީ ލިޑާޝިޕް ވޯކްޝޮޕް، ކެރިއާ ގައިޑެންސް، ކޮމިއުނިޓީ އެންގޭޖްމެންޓް، ދެން އޮތީ ޑެލިގޭޓުންނަށް ރިސޯޓުގެ ފަރާތުން ސެޓްފިކެޓް ދިނުން،" ވިލު ރީފުގެ ފެމިލީ ކުލަބުގެ ޗެއާޕާސަން މުޙައްމަދު ހަމީދު ވިދާޅުވިއެވެ.

ސިޔާމް ވިލު ރީފުގައި ދުނިޔޭގެ ޒުވާނުންގެ ދުވަސް ފާހަގަކުރުން --
ދުނިޔޭގެ ޒުވާނުންގެ ދުވަސް ފާހަގަކުރުމަށް ވިލު ރީފުގައި ކުރިއަށް ގެންދިޔަ ހަރަކާތްތަކުގެ ތެރެއިން އެންމެ ފަހު ކަމަކަށް އޮތީ ކްރިކެޓް މެޗެކެވެ.
އެކުވެރިކަމާ އެކު ކުޅުނު އެ މެޗުގައި ރިސޯޓުގެ މުވައްޒަފުން ބައިވެރިވިއެވެ.