އުރީދޫ މަސްރޭސް 2023: ފުރިހަމަ ރެކޯޑަކާއެކު ޓީމު ބުޅިކެނޑި ކާމިޔާބު ކޮށްފި

އުރީދޫ މަސް ރޭސް، 2023، ޓީމް ބުޅިކެނޑި ކާމިޔާބުކުރުން --

ޖުމުލަ 1214.25 ޕޮއިންޓާ އެކު އުރީދޫ މަސްރޭސް، ކުޅުދުއްފުށި ސިޓީ ގެ ޗެމްޕިއަންކަން ޓީމް ބުޅިކެނޑި އިން ކާމިޔާބުކޮށްފިއެވެ.

މި މުބާރާތުގައި އެންމެ ބަރު މަހެއްގެ ގޮތުގައި ބާނާފައިވަނީ ބަރުމިނުގައި 25.85 ކިލޯ ގެ ހިބަރެކެވެ. މިއީ އުރީދޫ މަސްރޭސްގެ ތާރީޚުގައި ވެސް ހިބަރު މަސް ބޭނި ފުރަތަމަ ފަހަރެވެ.

މުޅިއެކު 21 ޓީމުން ބައިވެރިވި އުރީދޫ މަސްރޭސް، ކުޅުދުއްފުށީ ޓީމު ބުޅިކެނޑި، ކާމިޔާބު ކުރީ ފައިނަލުގައި ޓީމް ލައްޓިއާ ވާދަ ކޮށްގެންނެވެ. ޓީމް ލައްޓިއަށް ފައިނަލުގައި ލިބުނީ 659.05 ޕޮއިންޓެވެ.

އުރީދޫ މަސް ރޭސް 2023ގެ ތެރެއިން --

މުބާރާތުން 612.35 ޕޮއިންޓާ އެކު ތިން ވަނަ ކާމިޔާބުކޮށްފާވަނީ ހަމަ އެރަށުގެ ކުރިބިއަންސް ޓީމުންނެވެ.

އެންމެ ބަރު މަސް ބޭނި ފަރާތަކަށް މަސްރޭހުގެ ގިފްޓް ޕާރޓްނާ ކަމުގައިވާ ސީގިއާ ގެ ފަރާތުން ވަނީ އަގުހުރި ގިފްޓް ޕެކެއް ހަދިޔާކޮށްފައެވެ. 16 މަސް ބާނައިގެން އެންމެ މޮޅު ފިރިހެން ކެޔޮޅަކަށް ހޮވުނީ ޓީމު ލައްޓިގެ އާދަމް ހިލްމީއެވެ. އަދި ހަތަރު މަސް ބާނައިގެން އެންމެ މޮޅު އަންހެން ކޮޔޮޅުގެ މަގާމް ހޯދީ ދަމާނަގާ ޓީމްގެ ޚަދީޖާ މޫސާއެވެ.

މިމުބާރާތުން އެއްވަނައަށް ދިޔަ ޓީމަށް 25،000 ރުފިޔާގެ ފައިސާ އިނާމް ދީފައިވާއިރު ދެވަނަ ޓީމަށް 10،000 ރުފިޔާގެ ފައިސާ އިނާމް ލިބިފައިވެއެވެ. އޭގެ އިތުރުން ތިން ވަނަ ޓީމަށް 5،000 ރުފިޔާ އަދި އެހެން ވަނަތައް ހޯދި ފަރާތްތަކަށް ކޮންމެ ފަރާތަކަށް 1،000 ރުފިޔާގެ ފައިސާގެ އިނާމެއް ދީފައިވެއެވެ.

comment ކޮމެންޓް