ކުޅުދުއްފުށީ ސިޓީ ކައުންސިލުން، އެ ރަށުގައި ހުންނަ، ސަރުކާރު ކޮންމެ ސުކޫލަކަށް އެއް ލައްކަ ރުފިޔާ ދިނުމަށް ނިންމައި، އެ ފައިސާ ހަވާލުކުރުމުގެ އެއްބަސްވުމުގައި އިއްޔެ ސޮއިކޮށްފިއެވެ.
އެ ކައުންސިލުން 'ސުކޫލު ގްރާންޓު'ގެ ގޮތުގައި އެ ރަށުގެ ތިން ސުކޫލަކަށް ފައިސާ ދިނުމަށް ވަނީ ނިންމާފައެވެ. އެއީ، ހދ. އަތޮޅު އެޑިއުކޭޝަން ސެންޓަރާއި ޖަލާލުއްދީން ސުކޫލާއި އަފީފުއްދީން ސުކޫލެވެ.
ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނީ، ކޮންމެ ސުކޫލަކަށް އެއް ލައްކަ ރުފިޔާ ދިނުމަށް ނިންމީ ގްރާންޓަށް ހުޅުވާލި ފުރުސަތުގައި ސުކޫލުތަކުން ހުށަހާފައިވާ ޕްރޮޕޯސަލްގައި ހިމެނޭ ކަންކަން ހާސިލު ކުރުމަށް ކަމަށެވެ.
ކުޅުދުއްފުށީ ސިޓީ ކައުންސިލުން އެ ރަށު ސްކޫލުތަކަށް ދޭ އެއް ލައްކަ ރުފިޔާގެ އެއްބަސްވުމުގައި ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ---- ފޮޓޯ/ ކުޅުދުއްފުށީ ސިޓީ ކައުންސިލްމިގޮތުން، އެ ގްރާންޓު ތައާރަފުކުރީ، ކުޅުދުއްފުށީގެ ސްކޫލްތަކުގެ ފެންވަރު ރަނގަޅުކުރުމަށް ސުކޫލްތަކުގެ ވަސީލަތްތައް ތަރައްޤީކުރުމާއި ދަރިވަރުންގެ ކުރިއެރުމަށް ސްކޫލްތަކުން ހިންގަމުން އަންނަ ހަރަކާތްތަކަށް އެހީތެރިވުމަށް ކަމަށް ކައުންސިލުން ބުންޏެވެ.
ސްކޫލްތަކުގެ ޕީޓީއޭއިން ސްކޫލުގެ ތަރައްގީއަށް ފަންޑު ހޯދުމަށް ކުރަމުން އަންނަ މަސައްކަތް ފާހަގަކޮށް އެފަދަ މަސައްކަތްތަކަށް އެއްބާރުލުންދީ އެހީތެރިކަން ފޯރުކޮށްދިނުން ވެސް ހިމެނޭކަން ކައުންސިލުން ފާހަގަކުރިއެވެ.
ފާހަގަކުރެވޭ ގޮތުގައި، 2024 ވަނަ އަހަރާއި މިދިޔަ އަހަރު ވެސް ކޮންމެ ސުކޫލަކަށް ކުޅުދުއްފުށީ ކައުންސިލުން ވަނީ، އެއް ލައްކަ ރުފިޔާ ދީފައެވެ. އަދި، 2022ގައި ކޮންމެ ސުކޫލަކަށް ވަނީ، ބައި ލައްކަ ރުފިޔާ ދޫކޮށްފައެވެ.