ރައްޔިތުންނަށް ޚިދުމަތްކުރުން ނޫން އެހެން އެއްވެސް ބޭނުމެއް ނެތް: ރައީސް

ރައީސް ޞާލިހު މާމެންދޫގައި -- ފޮޓޯ/ އެމްޑީޕީ

ދެވަނަ ދައުރަަކަށް ކުރިމަތިލުމުގައި ރައްޔިތުންނަށް ޚިދުމަތްކުރުން ނޫން އެހެން އެއްވެސް ބޭނުމެއް ނެތްކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ގއ. މާމެންދޫގައި އޮތް ކެމްޕޭން ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖެ ތަރައްގީކޮށް ރައްޖޭގައި ހަމަޖެހުން ގާއިމްކުރުމަކީ އެ މަނިކުފާނު ކުރައްވާނެ މަސައްކަތްޕުޅުކަމަށެވެ.

"ސިޔާސީ ބޭނުމެއްގައި ވަކި މީހަކަށް އަމާޒުކޮށްގެން އެއްވެސް ކަމެއް އަޅުގަނޑުމެން އިރާދަކުރެއްވިއްޔަކާމުން ނުކުރާނަން. ސިޔާސީ ޚިޔާލު ތަފާތުވުންތަކާއެކީގައި ރާއްޖެ ތަރައްގީކުރުމަކީ އަޅުގަނޑުމެންގެ މަގްސަދު،" ރައީސް ވިދާޅުވިއެވެ.

ދެވަނަ ދައުރުގެ ސިޔާސަތުތަކުގެ ވާހަަކަ ހާމައްވަމުން ރައީސް ވިދާޅުވީ ކުރިއަށް އޮތް ދައުރުގެ މެނިފެސްޓޯގެ ތެރެއިން އެންމެ ބޮޑު އިސްކަމެއް ދެއްވާނީ މިހާރު ގާއިމްކުރެވިފައިވާ އިޖްތިމާއީ އެކި ކަންކަމުން ރައްޔިތުންނަށް މިހާރަށްވުރެ ބޮޑަށް ހަމަހަމަ ފުރުސަތުތަކެއް ހޯއްދަވައިދެއްވުމަށް ކަމަށެވެ.

އެއާއެކު ރައީސްވަނީ މާމެންދޫއަށް ދެވަނަ ދައުރެއްގައި ކޮށްދެއްވާނެ ކަންކަމުގެ ވައުދުތައް އިއުލާނުކުރައްވާފައެވެ. އެ ކަންކަމުގެ ތެރޭގައި ހިމެނެނީ:

  • ހައުސިން ޔުނިޓު އަޅައިދިނުން
  • މަލްޓި ޕާޕަސް ހޯލަކާއި އަށް ކްލާސްރޫމް އެޅުން
  • ރަށްގިރުމުގެ މައްސަލަ ހައްލުކުރުން
  • ކައުންސިލްގެ އައު އިމާރާތް އަޅައިދިނުން
  • ހެލްތު ސެންޓަރުގެ ޚިދުމަތް 24ގަޑިއިރަށް ބަދަލުކުރުން
comment ކޮމެންޓް