300 މީހުން ހަމަނުވާ ކޮނޑޭއަށް ވެސް ރައީސް ދެއްވީ ތަރައްގީގެ އުންމީދު

ރައީސް ގއ. ކޮނޑޭއަށް ވަޑައިގަތުން

އާބާދީ މަދު ނަމަވެސް ގއ. ކޮނޑޭއަކީ މުސްތަގުބަލުގައި ތަރައްގީވާނެ ރަށެއްކަމަށާއި ދެވަނަ ދައުރަކަަށް ހަދަމުން އަންނަ ސިޔާސަތުތަކުގެ ތެރެއިން މި ރަށަށް ވެސް ތަރައްގީ އަންނާނެކަމުގެ އުންމީދު މީސްކޮޅު މަދު ކޮނޑޭގެ ރައްޔިތުންނަށް އެމްޑީޕީ ކޯލިޝަންގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު ދެއްވައިފިއެވެ.

ރައީސް ވިދަޅުވީ ކޮނޑޭއަކީ ހުނަރުވެރި ރައްޔިތަކު ދިރިއުޅޭ ރަށެއްކަން އެ ރަށުގެ ތާރީޚުން ހާމަވާކަމަށެވެ.

ގާތްގަނޑަކަށް 270އެއްހާ މީހުންގެ އާބާދީއެއް އޮންނަ ކޮނޑޭއަކީ މީސްކޮޅު މަދު ރަށެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ މިއީ ވެސް މީގެ ކުރީގެ ސަރުކާރުތަކުގައި މާ ބޮޑު އަޅައިލުމެއް ލިބިފައި ނެތް ރަށެއްކަމަށެވެ.

ނަމަވެސް މި ރަށަކީ ތަރައްގީކުރެވޭނެ ރަށެއްކަން ފާހަގަކުރައްވައި ރައީސްވަނީ މުޅި ރާއްޖެއަށް ހުޅުވައިލައި ކޮނޑޭއިން ގޯތި ދޭން ކައުންސިލުން ނިންމި ނިންމުމަށް މަރުހަބާ ވިދާޅުވެފައެވެ.

"އަޅުގަނޑު ކޮނޑޭގެ ކައުންސިލަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން މި ރަށުން ގޯތި ދިނުމަށް ހުޅުވައިލި އިރުގައި މުޅި ރާއްޖެއަށް އެޕްލައިކުރެވޭ ގޮތަށް ހުޅުވައިލައިފައި އޮތީމާ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެއީ ރަށުގެ މުސްތަގުބަލާ ގުޅިފައިވާ ނިންމުމެއް ކަމަށެވެ.

މޫސުން ގޯސްވެ ވާރޭ ބޯވުމާއެކު އެ މަނިކުފާނުގެ ވާހަކަކޮޅު ކުރުކޮށްލެއްވުމުގެ ކުރިން ރައީސްވަނީ މި ރަށަށް ދެވަނަ ދައުރެއްގައި ކޮށްދެއްވާނެ ކަންކަން ހާމަކުރައްވައިފައެވެ.

އެއާއެކު ރަށް މިހާރު އޮތީ ލޯކަލް ޓޫރިޒަމަށް ފަހިވެފައިކަމަށް ރައީސް ވިދާޅުވިއެވެ.

އެ ކަންކަމުގެ ތެރޭގައި ހިމެނެނީ:

  • ބަނދަރު ބޮޑުކޮށްދީ ފަސޭހައިން ލަފައި ފުރޭގޮތް ހެދުން
  • ބޯހިޔާވަހިކަމަށް ހައުސިން ޔުނިޓް އެޅުން
  • ފުޓުބޯޅަ ދަނޑު އަޅައިދިނުން
comment ކޮމެންޓް