ވިލިމާލޭ ގެއެއްގައި މިއަދު ހެނދުނު 09:00 ހާއިރު އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
"ޝްޕް އެންޑް ސޭލް" ފިހާރައިގެ މަތީ ފަންގިފިލާގައި ހިނގި މި ހާދިސާ ރިޕޯޓު ކުރުމާއެކު ފުލުހުން ވަނީ އަލިފާން ނިވާލާފައެވެ.

ފޮޓޯތަކުން ފެންނަ ގޮތުން އަލިފާން ރޯވެފައި ވަނީ އުނދުނުގެ މަތީގައި އެއްޗެހި ބެހެއްޓޭގޮތަށް ހަރުކޮށްފައި ހުރި ކަބަޑެއްގައެވެ. މި ކަބަޑު ބޭނުން ނުކުރެވޭ ވަރަށް އަނދާފައި ވީ ނަމަވެސް އިތުރު އެއްޗަކަށް ގެއްލުމެއް ވެފައެއް ނުވެއެވެ.
މި ހާދިސާއާ ގުޅިގެން ސިފައިންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، އަލިފާނުގެ ސަބަބުން އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާކަމަށެވެ. ހާދިސާ ހިނގަން މެދުވެރިވި ސަބަބު ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.