މަޑަވެލި އެމްޑީޕީ ޖަގަހަ ރޯކޮށްލުމުން ރައީސް ޖަލްސާ ބޭއްވީ ހޮޅުއަށީގައި

ގދ. މަޑަވެއްޔަށް ވަޑައިގެން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އެރަށު ރައްޔިތުންނާ ބައްދަލު ކުރައްވަން އެމްޑީޕީ ޖަގަހަ ތައްޔާރު ކޮށްފައި ވަނިކޮށް އެތަނުގައި އަލިފާން ރޯކޮށްލައިފިއެވެ.

އެމްޑީޕީގެ އެ ޖަގަހާގައި ހުރި ގޮނޑިތަކަށް ބަޔަކު ގެއްލުންދީ، ދާގަނޑު ކޮށާލާ، ކަޅުތެޔޮ ޖަހާ އެތަނުގައި ރޯކޮށްލާ، މުދަލަށް ވަނީ ވަރަށް ބޮޑެތި ގެއްލުންތަކެއް ދީފައެވެ.

މިއަދު ހެނދުނު ރައީސް އެ ރަށަށް ވަޑައިގެން ރައްޔިތުންނާ ބައްދަލު ކުރެއްވީ ބަނދަރުމަތީ ހުރި ހޮޅުއައްޓެއްގައެވެ. އެތަނުގައި ހުންނަވައި ރައްޔިތުންނާ މުހާތަބު ކުރައްވައި ރައީސް ވަނީ އެ އަމަލު ކުށްވެރި ކުރައްވާފައެވެ.

މަޑަވެލީ އެމްޑީޕީ ޖަގަހައަށް ގެއްލުން ދީފައި--

މަޑަވެލީ ކައުންސިލުގެ ރައީސް ފިޔާޒް ހަސަން މިއަދު "ސަން" އާ ވާހަކަދައްކަމުން ވިދާޅުވީ އެކަން ކޮށްފައި ވާ ކަމަށް ބެލެވެނީ ރޭ ފަތިހުގެ ވަގުތެއްގައި ކަމަށެވެ.

އިތުރަށް ވާހަކަދައްކަވަމުން ފިޔާޒް ވިދާޅުވީ އެ އަމަލު ކައުންސިލުގެ ރައީސެއްގެ ހައިސިއްޔަތުން އަދި ޕީޕީއެމްގެ މެންބަރެއްގެ ހައިސިއްޔަތުން ވެސް ކުށްވެރި ކުރާ ކަމަށެވެ.

އެމްޑީޕީ ޖަގަހައަށް ގެއްލުން ދީފައިވާއިރު އެތަން ތައްޔާރު ކުރި މީހުން އެތަނުގެ ސެކިއުރިޓީ ނުބެލެހެއްޓިކަން ވެސް ފިޔާޒް ފާހަގަ ކުރެއްވިއެވެ.

ހިނގާދިޔަ އަމަލަކީ އެފަދަ މުޖުތަމައުއަކުން ފެނިގެން ވާނެ އަމަލެއް ނޫން ކަމަށާއި، އެއީ ވަރަށް މުޑުދާރު އަމަލެއް ކަމުގައިވެސް އޭނާ ފާހަގަ ކުރިއެވެ.

އެ ޖަގަހައަށް ގެއްލުންދިން މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ. މި މައްސަލައާ ގުޅިގެން މިހާތަނަށް އަދި މީހަކު ހައްޔަރުކުރިކަން ފުލުހުން ހާމައެއް ނުކުރެއެވެ.

comment ކޮމެންޓް

comment ހުސެން...

2 year 8 month ago

ފިޔާޒު މެން ތި އުޅެނީ އަދި މާ ފަހަތުގަ.... ޖާހިލިއްޔަޒަމާން ދޫކޮއްލަން ވެއްޖެ ނު ތި ރަށު މީހުން...

comment ސލހ

2 year 8 month ago

އެމް.ޑީ.ޕީ.ން 7 ފެބްރުވަރީގަ މުޅި ގައުމުގަ ހުޅު ޖަހާ ބޮޑެތި ގެއްލުންތައް ދީ. މަޖިލީހުގެ މުދަލަށް ގެއްލުން ދިން އިރު މަނިކުފާނު ކޮބައިތޯ؟ އެކަންކަން ކުށްވެރި ކުރެއްވީ މަޑުކަށި އިިބާރާތުން ތޯ؟ އެދުވަހު އެއްވެސް އަޑެއް،ބަޑެއް ނީއްވި މިއަދު ކުއްލިއަކަށް ކުށްވެރި ކުރައްވަން ތިޔަ ފެއްޓެވީ އިންތިހާބު ގާތްވީމަ ތޯ؟އަނެއްކާ! ހަރުކައްޓޭ، މަޑުކައްޓޭ ކިޔާނެ ކަމެއް ނެތް،ދެން.

comment ބާބުލް

2 year 8 month ago

ކައުންސިލްގެ ރައީސް ބުއްދި ހަަމަތޯ ވެސް ސުވާލު އުފެދޭ. ސެކިއުރިޓީ ނުބެލެހެއްޓި ވާހަކަ ބުނީމަ ހަަމޚައިރާންވޭ.