ވިލިނގިލީގައި ޒުވާން އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ބަލަނީ

ގއ. ވިލިނގިލި --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ގއ. ވިލިނގިލީގައި ޒުވާން އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ބަލަން ފަށައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު "ސަން"އަށް ވިދާޅުވީ އެ ރަށުގައި 22 އަހަރުގެ އަންހެނަކަށް ޖިންސީ ގޯނާ ކޮށްފައިވާ މައްސަލައެއް ރޭގެ ވަގުތެއްގައި ރިޕޯޓްކޮށްފައިވާ ކަމަށެވެ.

"މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައެއް ނުވޭ،" މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

މި މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހިއްސާކޮށްފައި ނުވާއިރު، މައްސަލައިގެ ތަހުގީގު އެބަ ހިނގާ ކަމަށް ބުނެއެެވެ.

ތ. ތިމަރަފުށީ ސިއްހީ މަރުކަޒުގައި މަސައްކަތް ކުރާ ބިދޭސީ ނަރުހަކު ރޭޕް ކުރަން އުޅުނު މައްސަލައެއް ފުލުހުން ވަނީ މި މަހު 18ވަނަ ދުވަހު ތަހުގީގުކުރަން ފަށައިފައެވެ.

comment ކޮމެންޓް