ރެއިން ފެށިގެން އައިޖީއެމްއެޗަށް އެކަނި ވެސް 250 އެއްހާ ބަލި މީހުން ދެއްކި

އައިޖީއެމްއެޗު --- ފޮޓޯ: އެމްޑަބްލިއުއެސްސީ

މާލޭގައި ފެތުރެމުންދާ ވައިރަލް ރޯގާގައި މިހާތަށްނަ އިއްޔެއިން ފެށިގެން 250 އެއްހާ މީހުން އައިޖީއެމްއެޗަށް ދައްކާފައި ވާކަމަށް އެ ހޮސްޕިޓަލުގެ ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރު ޑރ. އަޙްމަދު ފައިސަލް ވިދާޅުވެއްޖެއެވެ.

"ސަން"އާ ވާހަކަ ދައްކަވަމުން ފައިސަލް ވިދާޅުވީ، މި އަދަދަކީ ކުޑަ ކުދިންނާއި ބޮޑެތި މީހުން ޑޮކްޓަރަށް ދައްކާފައިވާ އަދަދުކަމަށެވެ. އައިޖީއެމްއެޗްގައި އެޑްމިޓް ކޮށްގެން ވެސް މީހުނަށް ފަރުވާ ދޭކަން ޑރ. ފައިސަލް ފާހަގަކުރައްވާފައި ވެއެވެ.

"އެކަމަކު އެޑްމިޓް ކޮށްގެން އެހާ ގިނަ ބަޔަކަށް މިވަގުތު ފަރުވާއެއް ނުދޭ،" ޑަރ. ފައިސަލް ވިދާޅުވިއެވެ.

ވައިރަލް ރޯގާގައި އޭޑީކޭއަށް ވެސް ގިނަ އަދަދެއްގެ މީހުން ޑޮކްޓަރަށް ދައްކާފައި ވެއެވެ. އެގޮތުން ރެއިން ފެށިގެން މިއަދުގެ ހަވީރު 04:30އާ ހަމައަށް 226 މީހުން ރޯގާ އޭޑީކޭއަށް ޑޮކްޓަރަށް ދައްކާފައިވާ ކަމަށް އެ ހޮސްޕިޓަލުގެ މެނޭޖިން ޑިރެކްޓަރު އަހްމަދު އައްފާލު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އޭޑީކޭގައި އެއްވެސް ބަލި މީހަކު އެޑްމިޓް ކޮށްގެން ފަރުވާ ނުދޭ ކަމަށެވެ.

ވައިރަލް ރޯގާގައި އެންމެ އާންމު އަލާމާތެއްގެ ގޮތުގައި ފާހަގަ ވަނީ ހޮޑުލެވުމެވެ.

މީގެ ކުރިން "ސަން"އާ ވާހަކަ ދައްކަވަމުން ޑރ. ފައިސަލް ވަނީ އަތް ދޮވުމަށް ޚާއްސަ އިސްކަމެއް ދީ، ހޮޑުލުން ހުއްޓުވުމަށް ބޭނުންކުރާ ބޭސް ބޭނުންކުރުމަށް އެދިލައްވައިފައެވެ. އަދި މި ހާލަތުގައި ވީހާ ވެސް ގިނައިން، އަވަސް އަވަހަށް ދިޔާ އެއްޗެހި ބުއިމަށް އިސްކަން ދިނުމަށް އެދިލައްވައިފައެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިކަމާ ގުޅޭގޮތުން ބުނީ މިކަން ދިމާވި ސަބަބު ބަލަމުން އަންނަ ކަމަށެވެ.

https://sun.mv/180099

ބޭރަށް ހިންގުން މާލޭގައި އިތުރުވެފައިވާއިރު މިނިވަން ދުވަހާ ގުޅިގެން ގިނަ ބަޔަކު އެއްވި ގިނަ ހަރަކާތްތަކެއް ވޭތުވެދިޔަ ދެ ދުވަހު މާލެ ސަރަހައްދުގައި އޮތެވެ.

comment ކޮމެންޓް