ޞަލާޙުއްދީން ސްކޫލުގެ ޕްރިންސިޕަލަކަށް ނާސިހާ

ސަލާހުއްދީން ސްކޫލުގެ ޕްރިންސިްޕަލް ކަމަށް ހަމަަޖައްސާފައިވާ ނާސިހާ އިދުރީސް ---

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހުޅުވާ ޞަލާހުއްދީން ސްކޫލުގެ ޕްރިންސިޕަލަކަށް, ކުޅުދުއްފުށި ސިޓީ އާފީފުއްދީން ސްކޫލްގެ ޕްރިންސިޕަލް ކަމުގައި ހުންނެވި ނާސިޙާ އިދުރީސް ހަމަޖައްސައިފިއެވެ.

ޞަލާހުއްދީން ސްކޫލަކީ މި ފެށޭ ދިރާސީ އައު އަހަރު ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހުޅުވާ ސްކޫލެކެވެ. މި ސްކޫލުގައި ކިޔަވައިދިނުމަށް ހަމަޖެހިފައިވަނީ ގުރޭޑު އެކަކުން ދިހައަކަށެވެ.

"ސަން"އާ ވާހަކަދައްކަވަމުން ނާސިހާ ވިދާޅުވީ މިއީ ވަރަށް ބޮޑު ޗެލެންޖަކަށް ވާނެކަމަށެވެ.

ސަލާހުއްދީން ސްކޫލުގެ ޕްރިންސިްޕަލް ކަމަށް ހަމަަޖައްސާފައިވާ ނާސިހާ އިދުރީސް ---

"މިއީ ވަރަށް ބޮޑު ޗެލެންޖަކަށް ވާނީ. އަޅުގަނޑު އެކަމަކު ދެކެނީ މިއީ ޚިދުމަތް ކުރަން ލިބުނު ފުރުސަތެއްގެ ގޮތުގަ. މުޅިން އަލަށް ފަށާ ސްކޫލަކަށްވެފަ ސްޓާފުންވެސް އަންނާނީ އެކި ތަންތަނުން. އަޅުގަނޑު އެއްވެސް ވަރަކަށް ނުވިސްނަން ޕްރިންސިޕަލްގެ މި މަގާމަކީ މިއީ ހަމަ ސްޓޭޓަސްއެކޭ. މި ދެންނެވީ މަތީ މަގާމެއްގެ ގޮތުގައިވެސް ނުދެކެމޭ. އަޅުގަނޑު ދެކެނީ މިއީ އެއަށް ވުރެން ބޮޑު ޒިންމާއެއް ގޮތުގަ. ބަޔަކަށް ޚިދުމަތެއް ވީ އެންމެ ފުރިހަމައަށް ކޮށްދެވޭތޯ އަޅުގަނޑު މަސައްކަތް ކުރަނީ،" ނާސިހާ ވިދާޅުވިއެވެ.

ސަލާހުއްދީން ސްކޫލުގެ ޕްރިންސިްޕަލް ކަމަށް ހަމަަޖައްސާފައިވާ ނާސިހާ އިދުރީސް ---

ތައުލީމީ ދާއިރާއަށް ނާސިހާ އެންމެ ފުރަތަމަ ޚިދުމަތް ކުރައްވަން ފެއްޓެވީ 2005 ވަނަ އަހަރު މިޑްލް ސްކޫލު ޓީޗަރެއްގެ ގޮތުގައި އިމާދުއްދީން ސްކޫލުންނެވެ. އިމާދުއްދީން ސްކޫލުގައި ދެ އަހަރަށްވުރެ ގިނަ ދުވަހު ވަނީ ޚިދުމަތް ކުރައްވާފައެވެ. އެއަށްފަހު، ޕްރިންސިޕަލް ކަމުގެ މަގާމާ ނާސިހާ އެންމެ ފުރަތަމަ ހަވާލުވީ ލ. އިސްދޫ ސްކޫލުގެ ޕްރިންސިޕަލްގެ ގޮތުގައެވެ. އެއަށްފަހު، ހދ. ވައިކަރަދޫ ސްކޫލުގެ ޕްރިންސިޕަލްކަން ވެސް އޭނާ ވަނީ ކުރައްވާފައެވެ.

އަފީފުއްދީން ސްކޫލްގެ ޕްރިންސިޕަލް ކަމާ 2016 ވަނަ އަހަރު ހަވާލުވެ ނާސިހާ ވަނީ ހަތް އަހަރާއި ހަތް މަސް ދުވަހު އެ ސްކޫލަށް ޚިދުމަތް ކުރައްވާފައެވެ.

comment ކޮމެންޓް