ކޭބަލަކަށް ގެއްލުންވެ، ދެވަނަ ފިޔަވަހިން ކަރަންޓު ކެނޑިއްޖެ

ހުޅުމާލޭ އެއްވަނަ ފިޔަވައްސާއި ދެވަނަ ފިޔަވަހި މަތިން ފެންނަ ފޮޓޯއެއް --- ފޮޓޯ/ ޒިންހުއާ

މަގު ކޮނުމުގެ ތެރޭގައި ކޭބަލަކަށް ގެއްލުންވެ، ހުޅުމާލޭ ދެވަނަ ފިޔަވަހިން ކަރަންޓު ކެނޑިއްޖެއެވެ.

ސްޓެލްކޯއިން ބުނީ، ވިނަރެސް ފްލެޓްތަކާ ދިމާލުން ކޮނުމުގެ ތެރޭ ޑިސްޓްރިބިއުޝަން ކޭބަލަކަށް ގެއްލުންވެ، ހުޅުމާލޭގެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހީގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިފައިވާ ކަމަށެވެ.

މި ވަގުތު ފުރަތަމަ ފިޔަވަހިން ކަރަންޓުގެ ޚިދުމަތް މެދުކެނޑުނު ސަރަހައްދުތަކުގެ ތެރެއިން ބައެއް ސަރަހައްދުތަކަށް އަލުން ކަރަންޓުގެ ޚިދުމަތް ދީފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ. އަދި، ފުރަތަމަ ފިޔަވަހިން ކަރަންޓުގެ ޚިދުމަތް މެދުކެނޑުނު ހުރިހާ ސަރަހައްދަކަށް ކުޑަ ވަގުތުކޮޅެއް ތެރޭ އަލުން ކަރަންޓު ދޭނެ ކަމަށް ވެސް ބުންޏެވެ.

ކަރަންޓުގެ ޚިދުމަތް މެދުކެނޑުނީ ކޭބަލަކަށް ގެއްލުންވުމުން -- ފޮޓޯ/ ސްޓެލްކޯ

އެކަމަކު، ދެވަނަ ފިޔަވަހީގެ އެސްއޯއީތަކުގެ ފްލެޓްތައް ހުންނަ ސަރަހައްދަށް ކަރަންޓު ދެވޭނީ ކޭބަލް މަރާމާތު ކުރުމަށް ފަހު ކަމަށް ސްޓެލްކޯއިން ބުންޏެވެ.

"އެ މަސައްކަތަށް ދެ ގަޑިއިރު ވަރު ހޭދަ ވާނެ ކަމަށް ބެލެވޭ،" ސްޓެލްކޯއިން ބުންޏެވެ.

comment ކޮމެންޓް