ކޮޅުފުށީގައި އެއް އަހަރުގެ ކުއްޖަކު ގެނބިގެން މަރުވެއްޖެ

ކޮޅުފުށި -- ފޮޓޯ: ކައުންސިލް

މ. ކޮޅުފުށީގައި މިއަދު އެއް އަހަރުގެ ފިރިހެން ކުއްޖަކު ގެނބިގެން މަރުވެއްޖެއެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި އެ ކުއްޖާ ކޮޅުފުށީ ސިއްހީ މަރުކަޒަށް ގެންދިޔައީ 11:10ގައެވެ. އޭރުވެސް ކުއްޖާ މަރުވެފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

ކޮޅުފުށީ ކައުންސިލް މެންބަރު ޝަބާނާ އަބްދުއްސައްތާރު "ސަން"އަށް ވިދާޅުވީ އެ ކުއްޖާ މޫދުން ފެނިފައި ވަނީ ގެއްލިގެން ހޯދަމުން ދަނިކޮށް، ކުއްޖާގެ ކާފައަށް ކަމަށެވެ.

"ދެ ކުދިން ގެއްލުނީ. އޭގެ ތެރެއިން ފިރިހެން ކުއްޖާ މޫދުގައި މަރުވެފައި އޮށްވައި ފެނުނީ. އަންހެން ކުއްޖާ ހުރީ މޫދު ކައިރީގައި. އެ ކުއްޖާ ވެސް ހުރީ ތެމިފައި. އެއީ ދެބެންގެދެދަރި ދެ ކުދިން." ޝަބާނާ ބުންޏެވެ.

އޭނާ ބުނިގޮތުގައި މަރުވި ކުއްޖާގެ ގެ ހުންނަނީ މޫދު ކައިރިއަކު ނޫނެވެ.

މަރުވި ކުއްޖާއަކީ ކޮޅުފުށީ ދެމަފިރިއެއްގެ ހަމައެކަނި ހުރި ދަރިފުޅެވެ.

comment ކޮމެންޓް