ކެޔޮދޫގައި ވެލާ ފެޅި އެންމެން 198،000 ރުފިޔާއިން ޖޫރިމަނާ!

ހިމާޔަތްކޮށްފައިވާ ބާވަތެއް ކަމަށްވާ ވެލާ ފަޅައިގެން އެއިން ތެޔޮކުނޑި ހާނަން މީގެ ކުރިން ބަޔަކު ތިބި ތަނުން ފެނުނު ބައެއްތަކެތި-- ފޮޓޯ: ޕޮލިސް

ބ. ކެޔޮދޫގައި ވެލާ ހިފައި، އެ ފަޅައި ކެއްކުމުގައި ޝާމިލުވި އެންމެން 198،000 ރުފިޔާއިން ޖޫރިމަނާ ކޮށްފިއެވެ.

މިކަމާ ގުޅިގެން އީޕީއޭގެ ޑިރެކްޓާ ޖެނެރަން އިބްރާހީމް ނައީމް ވިދާޅުވީ، އެ ހަތް މީހުން އެހާ ބޮޑު އަދަދަކުން ޖޫރިމަނާ ކުރީ ގާނޫނުގައި ބަޔާންކުރާ ހުރިހާ މާއްދާތަކަކަށް ބެލުމަށް ފަހުކަމަށެވެ.

އޭނާ ވިދާޅުވީ، އެ މީހުން ޖޫރިމަނާކޮށްފައިވަނީ މިދިޔަ މަހުގެ 20 ވަނަ ދުވަހުކަމަށެވެ. އަދި، 30 ދުވަހުގެ ތެރޭގައި އެ ފައިސާ ދައްކާ ޚަލާސްކުރަން ވަނީ އަންގާފައެވެ.

މި ހާދިސާ ހިނގާފައި ވަނީ، މި އަހަރުގެ ފެބްރުއަރީ މަހުގެ ހަތަރުވަނަ ދުވަހުއެވެ.

https://sun.mv/173663

ގާނޫނުގައި ވާގޮތުން ވެލާ ކަހަނބަކަށް ގޯނާއެއް ކުރުމުގައި ގެއްލުން ދިނީ އެކައްޗަށް ނަމަ 20،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ. އަދި ގޯނާ ކުރީ އެކައްޗަށް ވުރެ ގިނަ ވެލާ ކަހަނބަށް ނަމަ އިތުރުވާ ކޮންމެ އެއްޗަކަށް 25،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ.

comment ކޮމެންޓް