ކާޖޮލްގެ ޓުވިޓާ ޕޯސްޓްގެ ދިފާއުގައި ބަތަލާ ވާހަކަ ދައްކައިފި

އިންޑިއާގެ ސިޔާސީ ލީޑަރުންނަށް އަމާޒުކޮށްކުރި ޓުވިޓާ ޕޯސްޓުގެ ދިފާއުގައި ބަތަލާ ކާޖޮލް ވާހަކަ ދައްކައިފިއެވެ.

ތަޢުލީމީ ދާއިރާގެ ތަޖުރިބާ ނެތް ސިޔާސީ ލީޑަރުން ޤައުމު ހިންގުމާ ޙަވާލުވެފައިވާކަމަށް ބުނެ ކާޖޮލްވަނީ ދާދިފަހުން އަމިއްލަ ޓުވިޓާ ޕޯސްޓެއް ނެރެފައެވެ. ކާޖޮލްގެ މި ޚިޔާލާއެކު އިންޓަނެޓުގައި މި ޓުވިޓާ ޕޯސްޓު ދައުރުވެ ގިނަ ބައެއްގެ ފާޑުކިޔުންތައްވެސް ބަތަލާއަށްވަނީ އަމާޒުވެފައެވެ.

ސޯޝަލް މީޑިއާގައި ގިނަ ބައެއްގެ ސަމާލުކަން ކާޖޮލްގެ ޕޯސްޓަށް ލިބުނުކަން އެނގުމުން ބަތަލާވަނީ ކުރިން ކޮށްފައިވާ ޓުވީޓުގައި އަލި އަޅުވާލީ ތަޢުލީމީ އުނގެނުމުގެ މުހިއްމުކަމުގެ މައްޗަށްކަމަށެވެ. އަދި އެއީ އެއްވެސް ސިޔާސީ ލީޑަރަކަށް އަމާޒުކޮށްގެން ކުރި ޕޯސްޓެއް ނޫންކަމަށާއި އިންޑިއާގެ ތާރީޚުގައި ވަރަށް ޢިލްމީ ސިޔާސީ ލީޑަރުންތަކެއް އުފެދިފައިވާކަމަށް ކާޖޮލްވަނީ ބުނެފައެވެ.

އަދި އެފަރާތްތަކަށް ލިބިފައިވާ ތަޢުލީމާއި ތަޖުރިބާގެ އަލީގައި އިންޑިއާއަށް ވަރަށް ހެޔޮ ބަދަލުތަކެއް އައިސްފައިވާކަމަށްވެސް ބަތަލާވަނީ ބުނެފައެވެ. ކާޖޮލް ބުނެފައިވަނީ، ބަޔަކު ހިތްހަމަނުޖެހުނަސް ތަޢުލީމީ ސިސްޓަމެއް ނެތި ޤައުމު ހިންގުމުގެ ސަބަބުން އަމިއްލަ ޤައުމަށް ލިބޭ ކުރިއެރުންތައް މަޑުޖެހި ބަދަލަކަށް ބޭނުންވިޔަސް އެބޭނުންވާ ބަދަލު އައުން ލަސްވާކަމަށެވެ. ކާޖޮލްގެ ވާހަކަތައް އަމާޒުކޮށްފައިވަނީ އިންޑިއާގައި އަންހެނުން ބާރުވެރިކުރުވުމަށް ދޭ އަހަންމިއްޔަތުކަން ކުޑަކަން ފާހަގަކޮށްފައެވެ.

ކާޖޮލް އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ މިމަހުގެ 14ވަނަ ދުވަހު ޑިޒްނީ ހޮޓް ސްޓާއިން ރިލީޒްކުރާ "ދަ ޓްރަޔަލް"އިންނެވެ.

ކާޖޮލްގެ އަލަތު ވެބް ސީރީސްގެ ޕްރޮމޯޝަން އިވެންޓުތަކުގައި ބަތަލާ ބައިވެރިވަމުން އަންނައިރު ކުރިޔަށްހުރި މިފަދަ އިވެންޓުތަކުގައި ބުނާ އެއްޗަކުން މީޑިއާގެ ސަމާލުކަން ކާޖޮލްއަށް ލިބުމަކީ އެކަށީގެންވާކަމެކެވެ. ސަބަބަކީ، ކާޖޮލްއަކީ ކަންކަމުގައި ފާޅުކުރާ ޚިޔާލުތައް ވަރަށް މިނިވަންކަމާއެކު ފާޅުކަން ބޮޑު ގޮތެއްގައި އޯޑިއަންސާ ޙިއްސާކުރާ ފިލްމީތަރިއަކަށްވުމެވެ.

comment ކޮމެންޓް