ފުވައްމުލަކު ނެރަށް ބާޖު އެރިކަން ދޮގު ކުރަން ކުންފުނިން މަސައްކަތް ކުރޭ: އީޕީއޭ

ފުވައްމުލަށް ތޮށިލާ ސަރަހައްދަށް ފަރަށް އަރާފައިވާ ބާޖު ---

ޏ. ފުވައްމުލަކު ގިރާ ސަރަހައްދުގައި ތޮށިލުމުގެ މަސައްކަތް ކުރާ ބާޖެއް އެރަށު ފަރަށް އަރާފައި ވާއިރު، އެ ވާހަކަ ދޮގުކުރަން ބާޖު އޮޕަރޭޓް ކުރާ ކުންފުނިން މަސައްކަތް ކުރާކަމަށް އީޕީއޭއިން ބުނެފިއެވެ.

އެކަމާ ގުޅިގެން "ސަން"އަށް މައުލޫމާތު ދެމުން އީޕީއޭގެ ޑިރެކްޓާ ޖެނެރަލް އިބްރާހީމް ނައީމް ވިދާޅުވީ، ބާޖު އޮޕަރޭޓް ކުރާ ޑެންމާކުގެ އެމްޓީ ހޯގާޑު ކުންފުނިން ވަނީ، ބާޖު ފަރަށް ނާރާކަމަށް ބުނެ ދޮގު ހަދާފައި ކަމަށެވެ. އަދި އެކަން އޮޅުވާލަން އެ ކުންފުނިން މަސައްކަތް ކުރާކަމަށް ނައީމް ވިދާޅުވިއެވެ.

"އީޕީއޭއަށް ލިބިފަ ހުރި ފޮޓޯތަކާއި ކައުންސިލްގެ ފޮޓޯތަކާއި ނޫސްތަކުގަ ޖަހާފަ ހުރި ފޮޓޯތައް ބަލާއިރު، ފަރަށް އެރިކަން ޝައްކެއް ނެތް މިންވަރަށް އެބަ އެނގޭ،" އޭނާ ވިދާޅުވިއެވެ.

ނައީމް ވިދާޅުވީ، އެ މައްސަލަ އީޕީއޭއިން ގާތުން ބަލަމުން ދާކަމަށެވެ. އަދި ބާޖު ފުންކުރެވުމުން އެ ސަރަހައްދު ރިސާޗްކުރުމަށް އީޕީއޭގެ ޓީމެއް ދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އިއްޔެ ހިނގި މި ހާދިސާގައި ބާޖު ފަރަށް އަރާފައިވަނީ ގިރާ ސަރަހައްދު ހިމާޔަތް ކުރުމަށް ބޭނުންވާ ހިލަ ހިފައިގެން ދަނިކޮށެވެ.

https://sun.mv/179386

މީގެ އިތުރުން، އިޕީއޭއިން ބުނީ، އެމްޓީސީސީގެ ބާޖެއް ކުމުންދޫ ނެރުމައްޗަށް އުރުނު މައްސަލަ ވެސް އެ އެޖެންސީން ބަލާކަމަށެވެ.

https://sun.mv/179294

comment ކޮމެންޓް