ވިލާ މާޓުން ކޮންމެ ހަފުތާ ބަންދަކު ބާއްވާ ޕްރޮމޯޝަން ކުރިއަށް އޮތް އީދުގައި ވެސް ބާއްވަން ނިންމައިފިއެވެ.
މި ޕްރޮމޯޝަންގައި ހުރިހާ ކުކުޅު ބްރޭންޑަކުން 20 ޕަސަންޓުގެ ޑިސްކައުންޓް ލިބޭނެއެވެ.
ވިލާ މާޓުން ބުނާގޮތުގައި ވިލާ މާޓުގެ ފިހާރަތަކުން ވިއްކާ ކުކުޅު ބްރޭންޑްތަކުގެ ތެރޭގައި ނެޓް ބްރޭންޑާއި އާވިއާ ހިމެނެއެވެ. މިއީ ބްރެޒިލްގެ ދެ ބްރޭންޑެކެވެ.
މި ބްރޭންޑުތަކަކީ ގިނަ ބަޔަކު ގަޔާވާ އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޭނުންކުރާ ބްރޭންޑުތަކެއް ކަމަށް ވިލާ ޓްރޭޑިންއިން ބުންޏެވެ. އެގޮތުން ތަފާތު ކާނާ ތައްޔާރުކުރުމަށް މި ކުކުޅު ބޭނުން ކުރެވޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

ކުކުޅަކީ ސިއްހަތަށް ފައިދާހުރި, ހަށިގަނޑަށް ބޭނުންވާ ޕްރޮޓީން ފޯރުކޮށްދޭ ކެއުމަކަށްވާއިރު އެއީ އިތުރު، މުހިންމު މާއްދާތައްވެސް އެކުލެވޭ އެއްޗެކެވެ.
ކުކުޅު ކެއުމަކީ ކަށިތައް ދުޅަހެޔޮކޮށް ބެހެއްޓުމަށާއި ސިކުނޑީގެ މަސައްކަތްތަކަށް އެހީތެރިވުމުގެ އިތުރުން، މެޓަބޮލިޒަމް ރަނގަޅުކޮށްދޭ ކަމެކެވެ. އަދި މުޅި ދުނިޔޭގައި ވެސް ކުކުޅު މަހަކީ އާންމުކޮށް ބޭނުންކުރާ "ނޮން ވެޖެޓޭރިއަން" ކާނާއަކަށް ވާއިރު އެއީ ބަރުދަން ލުއިކުރުމުގައި ވެސް އެހީތެރިވެދޭ އެއްޗެކެވެ.