އިއްޔެ އާއި މިއަދު ފެމިލީ ކޯޓުގައި 87 ކައިވެނި

22.2.22: މި ރީތި ތާރީހުގައި މިއަދު ކުރުމަށް ހަމަޖެހިފައިވާ 85 ކައިވެނީގެ ތެރެއިން ފެމިލީ ކޯޓުގެ ކޯޓު ރޫމަގައި ކުރުމަށް ހަމަޖެހިފައިވާ 47 ކައިވެނި ކުރުން ފެމިލީ ކޯޓުގައި ކުރިއަށްދަނީ -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

އިއްޔެ އާއި މިއަދު ފެމިލީ ކޯޓުގައި މުޅި ޖުމުލަ 87 ކައިވެނި ކޮށްދިނުމަށް ނިންމައިފިއެވެ.

ފެމިލީ ކޯޓުން އާންމު ކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އިއްޔެ (22.06.23)ގައި އެ ކޯޓުގައި ކޮށްދީފައި ވަނީ 44 ކައިވެންޏެވެ. އެއީ، ރަސްމީ ގަޑީގައި 27 ކައިވެނި އަދި ނުރަސްމީ ގަޑީގައި 17 ކައިވެންޏެވެ.

މިއަދު (23.06.23) ކުރާ ކައިވެނި ތަކަށް ބަލާއިރު، 43 ކައިވެނި ކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

ރަސްމީ ބަންދު ދުވަސްތަކުގައި ފެމިލީ ކޯޓުން، ކޯޓުގައި ކައިވެންޏެއް ނުކޮށްދެއެވެ. އެގޮތުން މިފަދަ ދުވަސްތަކުގައި ކޯޓުން ބޭރުގައި ކައިވެނި ކޮށްދޭނީ ހަވީރު 04:00 އިން ރޭގަނޑު 09:30 އާ ހަމައަށެވެ.

ފެމިލީ ކޯޓުން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ނިމިދިޔަ މޭ މަހު އެ ކޯޓުން މުޅި ޖުމުލަ 185 ކައިވެނި ކޮށްދީފައި ވެއެވެ. އަދި މުޅި ޖުމުލަ 132 ވަރި ކޮށްދީފައި ވެއެވެ.

މި އަހަރު އެންމެ ގިނަ މީހުން ކައިވެނި ކުރި ދުވަހެއްގެ ގޮތުގައި ފާހަގަ ވަނީ އިއްޔެ އާއި މިއަދެވެ.

ރީތި ތާރީޚު ތަކުގައި ކައިވެނި ކުރުމަކީ ރާއްޖޭގައި ވެސް ސަގާތަފަކަށް ވެފައިވާ ކަމެކެވެ. އަދި މީގެ ކުރިން އަހަރުތަކުގައި ވެސް ރީތި ތާރީޚުތަކުގައި މާލެއާއި އަތޮޅުތެރެއިން ގިނަ ކައިވެނިތަކެއް ފެނިފައި ވެއެވެ.

comment ކޮމެންޓް