އަގަކާއި ނުލައި ދިރާގު ފައިބާ އިންޓަނެޓް ގުޅައި ދިނުމުގެ ޕްރޮމޯޝަނެއް؛ ރައުޓަރު ވެސް ހިލޭ

މިހާރު ކުރިއަށްދާ ދިރާގް ފައިބަރ ބްރޯޑްބޭންޑް ޕްރޮމޯޝަނުގެ އެޑެއް---

ދިރާގު ފައިބާ ބްރޯޑްބޭންޑް ހިދުމަތަށް އަލަށް އެދޭ ކަސްޓަމަރުންނަށް ހިލޭ ރައުޓާ އަދި ހިލޭ ސެޓަޕް ލިބޭ ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

ދިރާގުން މިދިޔަ ހުކުރު ދުވަހު ފެށި މި ޕްރޮމޯޝަނުގެ ދަށުން ފައިބާ ބްރޯޑްބޭންޑުގެ ކޮންމެ ޕެކޭޖަކަށް ސަބްސްކްރައިބް ކުރާ ރެސިޑެންޝަލް ކަސްޓަމަރުންނަށް މި ޕްރޮމޯޝަނުގައި ބައިވެރި ވެވޭނެއެވެ. ޕްރޮމޯޝަން މި ހިނގާ ޖޫން މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ.

މި ޕްރޮމޯޝަނާ ބެހޭގޮތުން ދިރާގުގެ މެނޭޖަރު އެކުއިޒިޝަންސް ޖަނާ އިބްރާހިމް ވިދާޅުވީ، މިއީ އެއްވެސް ސެޓަޕް ފީއަކާ ނުލައި ރާއްޖޭގެ އެންމެ ބޮޑު އަދި ހަލުވި ފައިބާ ނެޓްވާކްއާ ގުޅާލުމަށް ލިބިގެންދާ ފުރުސަތެއް ކަމަށެވެ.

"ދިރާގު ފައިބާ ބްރޯޑްބޭންޑާ އެކު ކަސްޓަމަރުންނަށް ތަފާތު އެކި ޕެކޭޖްތަށް ޚިޔާރުކޮށް، އެންމެ ބޮޑު ޑޭޓާ އެލަވަންސްތަކާއި ހަލުވި ސްޕީޑް ތަޖުރިބާކޮށްލެވޭނެ،" ޖަނާ އިބްރާހިމް ވިދާޅުވިއެވެ.

ދިރާގުން ބުނީ އެ ކުންފުނީގެ ފައިބާ ބްރޯޑްބޭންޑް ޚިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ބޮޑު ފައިބާ ނެޓްވާކް ކަމަށެވެ. ދިރާގުން ވަނީ މިހާރު ރާއްޖޭގެ ގޭބިސީގެ 87 އިންސައްތައަށް މި ޚިދުމަތް ފޯރުކޮށްދީފައެވެ.

comment ކޮމެންޓް