ސިމްޑީ އިން ގޭތެރޭ ސާމާނުތަކުން ބޮޑު ޑިސްކައުންޓެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފި

ސިމްޑީ ރެސޫ ޝޯ ރޫމް --- ފޮޓޯ/ ސިމްޑީ ގްރޫޕް

ސިމްޑީ ގްރޫޕް އިން ވިއްކާ ގޭތެރޭ ސާމާނުތަކުން 20 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.

"ހޯމް ސްވީޓް ހޯމް"ގެ ނަމުގައި ކުރިއަށްދާ މި ޕްރޮމޯޝަނަކީ ނިމިދިޔަ މަހުގެ 27 އިން ފެށިގެން މި މަހުގެ 30 ގެ ނިޔަލަށް ކުރިއަށްދާ ޕްރޮމޯޝަނެކެވެ. ސިމްޑީގެ "ސިމްޑީ ރެސޫ ޝޯ ރޫމް" ގައި ކުރިއަށްދާ މި ޕްރޮމޯޝަނުގެ ގޭތެރޭގައި ބޭނުންކުރާ ތަފާތު އައިޓަމްތަކުން 20 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެއެވެ.

މި ޕްރޮމޯޝަނާ ބެހޭ ގޮތުން ސިމްޑީ އިން ބުނީ "ހޯމް ސްވީޓް ހޯމް 2023" ޕްރޮމޯޝަނުގެ މަޤްސަދަކީ ކަސްޓަމަރުންގެ ދިރިއުޅުމުގެ ޙާލަތު ބަދަލުކޮށް، އާންމު ދިރިއުޅުމުގެ ތަޖުރިބާތައް މަތިކުރުން ކަމަށެވެ.

ސިމްޑީގެ ރެސޫ ޝޯ ރޫމް ހުންނާނީ މާލޭގެ ނީލޯފަރުމަގުގައެވެ. އެ ފިހާރައަކީ ކޮލެޓީ އެކި ގޭތެރޭގެ ސާމާނުގެ އިތުރުން، މަޝްހޫރު ކޮފީ ބްރޭންޑް އިލީ ކޮފީ އެންޑް އިލެކްޓްރޯލަކްސް އުފެއްދުންތައް ސަޕްލައި ކުރާ ފިހާރަ ވެސް މެއެވެ.

ސިމްޑީ ރެސޫ އިން ޕްރިމިއަމް ހޯމް އެޕްލައިންސްގެ ތެރެއިން ވެކިއުމް، އަވަން، މައިކްރޯވޭވް، ފްރިޖް، ފްރޮންޓް ލޯޑް ދޮންނަ މެޝިން، ޑްރަޔާ، ކޮފީ މެޝިން ފަދަ ތަކެތި ވަރަށް ފުޅާ ދާއިރާއެއްގައި ލިބޭނެއެވެ. އަދި މި ޕްރޮމޯޝަނާއެކު ކަސްޓަމަރުންނަށް އެންމެ ފަހުގެ ޓެކްނޮލޮޖީ އާއި ލުއި ފަސޭހަތައް ގޭގެއަށް ގެނައުމުގައި ބޮޑެތި ސޭވިންގްސްތަކެއް ލިބޭނެއެވެ.

comment ކޮމެންޓް