''ޖަސްޓިސް އެންޑް ޑިވެލޮޕްމެންޓް ޕާޓީ''ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފައްދަނީ

"ޖަސްޓިސް އެންޑް ޑިވެލޮޕްމެންޓް ޕާޓީ" ހެދުމުގެ ހުއްދަ ދިނުމުގެ ތެރެއިން--- ފޮޓޯ/ އީސީ

"ޖަސްޓިސް އެންޑް ޑިވެލޮޕްމަންޓް ޕާޓީ"ގެ ނަމުގައި އައު ސިޔާސީ ޕާޓީއެއް އުފެއްދުމަށް އިލެކްޝަންސް ކޮމިޝަނަށް މިއަދު ހުށަހަޅައިފިއެވެ.

އައު ސިޔާސީ ޕާޓީއެއް އުފެއްދުމަށް އިލެކްޝަނަށް ހުށަހަޅާފައިވަނީ ޑރ. މުހައްމަދު އާތިފެވެ.

އެ ޕާޓީ އުފެއްދުމުގެ ހުއްދައަށް އެދުމަށްފަހު ނޫސްވެރިންނާ ވާހަކަދައްކަމުން ޑރ. އާތިފް ވިދާޅުވީ މަސައްކަތްކުރާނީ ރިޔާސީ އިންތިޚާބު ފެށުމުގެ ކުރިން ޕާޓީއަށް 3000 މީހުންގެ ސޮއި ހޯދުމަށްކަމަށެވެ.

މިގޮތުން އިންތިހާބުގެ ކުރިން ރަޖިސްޓްރީގެ ކަންކަން ހަމަނުޖެހުނު ނަމަވެސް ކުރިއަށްއޮތް ރިޔާސީ އިންތިހާބުގައި ވާދަކުރާނޭކަމަށް އޭނާ ވިދާޅުވިއެވެ.

އާތިފް ވިދާޅުވީ، ރާއްޖޭގެ ރައްޔިތުން ބޭނުންވާ އުފާފާގަތި ކަމާއި އަދުލު އިންސާފާއި ތަރައްގީ ގެނެވޭނީ އިސްލާމީ އުއްމަތް ބިނާކުރުމަށް ރައްޔިތުންގެ ތެރެއިން އިޚްލާސްތެރި ލީޑަރަކު އުފެދިގެންކަމަށެވެ.

އެ ޕާޓީން ސިޔާސީގޮތުން މަޝްހޫރު މޫނުތައް ނުފެނުނު ނަމަވެސް ތައުލީމީ ބޭފުޅުން ޕާޓީން ފެންނާނޭކަމަށް އޭނާ ވިދާޅުވިއެވެ.

އައު ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދައަށް އެދިފައިވާއިރު، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ގެންދަވަނީ ދަ ޑިމޮކްރެޓްސް ނަމުގައި އައު ސިޔާސީ ޕާޓީއެއް އުފެއްދުމަށް މަސައްކަތް ކުރައްވަމުންނެވެ.

comment ކޮމެންޓް