ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިޚް ހަސީނާ މިއަހަރުވެސް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް އަނބު ހަދިޔާ ކުރައްވައިފިއެވެ.
އެ އަނބު ހަވާލުކުރެއްވީ ބަންގްލަދޭޝްއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އެސްއެމް އަބުލް ކަލާމް އަޒާދު އެވެ. އަދި އަނބާ ހަވާލުވެވަޑައިގެންނެވީ ފޮރިން މިނިސްޓްރީގެ ޗީފް އޮފް ޕްރޮޓޮކޯލް އަހްމަދް ޝިއާން އެވެ.

ބަންގްލަދޭޝް އިން ރާއްޖެއަށް ހަދިޔާކުރި އަނބު
ޝެއިޚް ހަސީނާ ފޮނުއްވި ހަދިޔާއަށް، ޝިއާން ވަނީ ރައީސްގެ ފަރާތްޕުޅުން ޝުކުރު ދަންނަވާފައެވެ.
ބަންގްލަދޭޝް އާއި ރާއްޖޭގެ އެކުވެރި ގުޅުން ބަދަހި ކުރުމުގެ ގޮތުން، މިދިޔަ އަހަރާއި އޭގެ ކުރީ އަހަރު ވެސް ޝެއިޚް ހަސީނާ ރާއްޖެއަށް އަނބު ހަދިޔާކުރެއްވިއެވެ. އެގޮތުން 2021 ވަނަ އަހަރު އެކަމަނާ 500 ކިލޯގެ އަނބު ރައީސަށް ހަދިޔާކުރެއްވިއެވެ.