އެންބީސީ ޔުނިވާސަލްގެ ކުރީގެ އެގްޒެކެޓިވް ޖޯ ބެނާރޮޗް ޓްވިޓާއާ ގުޅެން ނިންމައިފި

ޖޫން 4 (ރޮއިޓާސް) - އެންބީސީ ޔުނިވާސަލްގެ ކުރީގެ އިސްވެރިއެއް ކަމަށްވާ ޖޯ ބެނަރޮޗް ޓްވިޓާއާ ގުޅެން ނިންމައިފިއެވެ.

ބެނަރޮޗް އަންނަ ހޯމަ ދުވަހު ޓްވިޓާއާ ގުޅިވަޑައިގަންނަވާނީ ވިޔަފާރީގެ އޮޕަރޭޝަންތަކަށް ހާއްސަ ރޯލެއްގައި ކަމަށް ރޮއިޓާސް އިން ވަނީ ރިޕޯޓްކޮށްފައެވެ.

ބެނަރޮޗް ފޮނުއްވި އީމެއިލްގައި ވިދާޅުވެފައިވަނީ އެ ކުންފުނީގެ ޓީމާ ގުޅިގެން "ޓްވިޓާ 2.0 އެއްކޮށް ބިނާކުރުމަށް" މަސައްކަތް ކުރުމަށް އުއްމީދު ކުރައްވާ ކަމަށެވެ.

ބެނަރޮޗް ޓްވިޓާއާއި ގުޅެން ނިންމުމުން ޓްވިޓާގެ މިހާރުގެ ސީއީއޯ ލިންޑާ ޔަކަރީނޯ ވަނީ އޭނާއަށް މަރުޙަބާ ކިޔާފައެވެ.

މެއި މަހު އައްޔަން ކުރެއްވި ޓްވިޓާގެ ޗީފް އެގްޒެކެޓިވް ލިންޑާ ޔަކަރިނޯ ކުރެއްވި ޓުވީޓެއްގައި ބެރޮޗަށް މަރުހަބާ ކިޔާފައިވާޢިރު، ބެނަރޮޗް ނަގާނެ މަގާމެއް އެކަމަނާ ވިދާޅެއް ނުވެއެވެ.

އެންބީސީ ޔުނިވާސަލްގެ ކޮމްކާސްޓް ކޯޕް (ސީއެމްސީއެސްއޭ) ގެ އެޑްވަޓައިޒިން އެންޑް ޕާޓްނާޝިޕްސް ޑިވިޝަންގެ ކޮމިއުނިކޭޝަން ސްޓްރެޓެޖީ ބެލެހެއްޓި ބެނޮރޮޗް ޓްވިޓާއާ ގުޅުމުގެ ކުރިން އެތަނުގެ އެޑްވަޓައިޒިން ޗީފްގެ މަގާމުގައި ހުންނެވި ޔަކަރިނޯއަށް ރިޕޯޓް ކުރި ކަމަށްވެއެވެ.

ބެނާރޮޗް އެ މަގާމަށް އައްޔަން ކުރަނީ ގިނަ އެގްޒެކެޓިވްސްތަކެއް ވަކިވުމާ ގުޅިގެން ޔަކަރިނޯއަށް ހުރި ގޮންޖެހުންތައް އިތުރުވެގެން ދިއުމުންނެވެ.

ޓްވިޓާގެ ހެޑް އޮފް ޓްރަސްޓް އެންޑް ސޭފްޓީ އެލާ އަރްވިން ބުރާސްފަތި ދުވަހު ވިދާޅުވީ އޭނާ ސޯޝަލް މީޑިއާ ޓްވިޓާއިން އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.

މިދިޔަ ހުކުރު ދުވަހު ރޮއިޓާސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ބްރޭންޑް ސޭފްޓީ އެންޑް އިޝްތިހާރު ކޮލިޓީގެ ހެޑް އޭޖޭ ބްރައުން ވަނީ ޓްވިޓާއިން ވަކިވާން ނިންމާފައެވެ.

ބެނަރޮޗް އެ މަގާމަށް އައްޔަން ކުރިކަން އެންމެ ފުރަތަމަ ރިޕޯޓްކުރީ ވޯލް ސްޓްރީޓް ޖާނަލްއިން މިދިޔަ އާދީއްތަ ދުވަހުއެވެ.

comment ކޮމެންޓް