ބުރިޖުގައި ދުއްވާފައި ދިޔަ ކާރެއްގައި ރޯވި އަލިފާން ނިއްވާލައިފި

ސިނަމާލެ ބްރިޖްގައި އޮތް ކާރެއްގައި ރޯވެފައި

ސިނަމާލެ ބުރިޖުގައި ދުއްވާފައި ދިޔަ ކާރެއްގައި ރޯވި އަލިފާން އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ސާވިސް އިން ނިއްވާލައިފިއެވެ.

އެމްއެންޑީއެފުން ކުރި ޓްވީޓެއްގައި ބުނީ އަލިފާން ނިއްވާލާފައި ވަނީ ގަޑިން ހަވީރު 16:20 ގައި ކަމަށެވެ.

މިހާދިސާގައި އަލިފާން ރޯވި ކާރުގެ ކުރީކޮޅަށް ވަނީ އެކިވަރުގެ ގެއްލުންތައް ލިބިފައިކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ. އަދި މިހާދިސާގެ ރިޕޯޓް އެމްއެންޑީއެފަށް ލިބިފައި ވަނީ މިއަދު 16:09 ހާއިރު ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯއަކުން ފެންނަ ގޮތުގައި އެ ކާރުގައި އަލިފާން ރޯވެފައިވާއިރު މުޅި ސަރަޙައްދަށް ވަނީ ވަރަށް ބޮޑަށް ދުމުގެ އަސަރު ކޮށްފައެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެއެވެ.

comment ކޮމެންޓް