150،000 ރުފިޔާގެ އިލެކްޓްރޯނިކް ސާމާނާއެކު ފިލި ކާރެއް ފުލުހުން ހޯދައިފި

ފުލުހެއްގެ ޔުނީފޯމުގައި އެ މުއައްސަސާގެ ލޯގޯ-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ކާރަކަށް އެރުވި 150،000 ރުފިޔާގެ އިލެކްޓްރޯނިކް ސާމާނު ގެންދަން ޖެހޭ ހިސާބަށް ނުގެންދާ މައްސަލައެއް ފުލުހަށް ހުށަހެޅުމާ ގުޅިގެން ފުލުހުން އެ ކާރު ހޯދަައިފިއެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ، އެއާޕޯޓު ކިއުއިން ލިބުނު ކާރަކަށް އެ ސާމާނު އެރުވީ އިއްޔެ ހަވީރު ކަމަށެވެ. މާފަންނު ޕޮލިހުން އެތަކެތި ހޯދީ ސީސީޓީވީ ކެމެރާ ބަލައިގެންނެވެ. މި ތަކެތި މިހާރު ވަނީ ވެރިފަރާތާ ހަވާލުކޮށްފައެވެ.

ފުލުހުން ވަނީ ކަމެއް ދިމާވާ ހިނދު ވީ އެންމެ އަވަހަކަށް ފުލުހުންނަށް އެކަން ރިޕޯޓު ކުރުމަށް އިލްތިމާސް ކޮށްފައެވެ. އަދި ރައްޔިތުންނަށް ކަމެއް ދިމާވާ ހިނދު ފުލުހުން ތިބޭނީ އެހީތެރިވާން ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

އެ މައްސަލައިގައި ޓެކްސީ ޑްރައިވަރާ މެދު ފިޔަވަޅެއް އަޅާފައިވާ ކަން ނުވަތަ ނޫންކަން ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

comment ކޮމެންޓް