އައްޑޫގައި ކޮއްކޮއަކު ބޭބެއަށް ތޫނުއެއްޗަކުން ހަމަލާދީފި

އައްޑޫ ސިޓީ، މަރަދޫ ފޭދޫގައި ކޮއްކޮއަކު ބޭބެއަށް ތޫނުއެއްޗަކުން ހަމަލާދީފިއެވެ.

އެ ރަށުން "ސަން"އާ ވާހަކަ ދެއްކި މީހުން ބުނި ގޮތުގައި މީހަކު އޭނާގެ ބޭބެއަށް ތޫނުއެއްޗެއް ހަރައިފައި ވަނީ ދިރިއުޅޭ ގޭގެ ދުވާރު މަތީގައެެވެ.

އޭނާ ބުނި ގޮތުގައި، ބޭބެގެ ހަށިގަނޑުގެ އެތަންމިތަނަށް ވަނީ ތޫނުއެއްޗަކުން ހަމަލާދީފައެވެ. އަދި އޭނާގެ މެއަށް ވެސް ވަނީ ތޫނުއެއްޗެއް ހަރައިފައެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއަކުން ފެންނަ ގޮތުގައި އޭނާ ލައިގެން ހުރި ހުދު ކުލައިގެ ގަމީސް ވެސް އޮތީ ލެއިން ތަތްތެޅިފައެވެ.

އެނގިފައިވާ ގޮތުގައި މަސްތުގެ ހާލުގައި ހުރެ ބޭބެގެ ގަޔަށް އޭނާ ވަޅި ހަރައިފައިވަނީ މަސްތުވާތަކެތީގެ މައްސަލައެއްގައެވެ.

އެ ރަށުން ވާހަކަ ދެއްކި މީހުން ބުނާ ގޮތުގައި އޭނާގެ ހާލު ސީރިއަސްއެވެ. އޭނާއަށް މިހާރު އަންނަނީ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ.

comment ކޮމެންޓް