ށ. ކޮމަންޑޫގައި 10 މަސްތެރޭ 300 ހައުސިން ޔުނިޓު އަޅަން އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.
މި މަޝްރޫއު ހަވާލުކޮށްފައި ވަނީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކަޝަން ޕްރައިވެޓް ލިމިޓެޑް (އާރުސީސީ)އާއެވެ.
ހައުސިން މިނިސްޓްރީގައި މިއަދު 12:00ގައި ބޭއްވި ރަސްމިއްޔާތެއްގައި، ހައުސިން މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ، އެ މިނިސްޓްރީގެ ހައުސިން ޑިޕާޓްމަންޓްގެ ޑިރެކްޓާ ޖެނެރަލް އަޙުމަދު
ވިޝާން ނަސީމެވެ. އަދި އާރުސީސީގެ ފަރާތުން ސޮއި ކޮށްފައި ވަނީ، ޕްރޮޖެކްޓްސް ޑިރެކްޓާ އާދަމް ރަޚީމްއެވެ.

ކޮމަންޑޫގައި ހައުސިން ޔުނިޓު އެޅުމުގެ އެއްބަސްވުމުގައި ސޮއި ކުރުން --
ސަރުކާރުގެ 2022ވަނަ އަހަރުގެ ޕީއެސްއައިޕީ ބަޖެޓުން ޚަރަދުކުރާ މި މަޝްރޫއުގެ ޖުމުލަ އަގަކީ 40.9 މިލިއަން ރުފިޔާއެވެ.
މި މަޝްރޫއުގައި ހިމެނެނީ 700 އަކަފޫޓުގެ ދެ ބުރީގެ 30 ރޯހައުސެވެ. މީގެން ކޮންމެ ޔުނިޓެއްގައި ހިމެނޭނީ ތިން ކޮޓަރ،ި ތިން ފާޚާނ،ާ ސިޓިންރޫމެއް، ބަދިގެ ކާގެ، ލޯންޑަރީ އަދި ސްޓޯ ރޫމެވެ.
މި ހައުސިން ޔުނިޓުތަކަކީ ހިތްފަސޭހަ ތަނަކަށް ހެދުމަށް އިމާރާތުގެ ވަށާފާރާއ،ި ޔުނިޓްތައް ވަށައިގެން އަލި ކުރާނެއެވެ. އަދި ޕާކަކާއި ވެހިކަލް ޕާކް ކުރާނެ ސަރަހައްދެއް ވެސް ގާއިމް ކުރާނެއެވެ.
ކޮމަންޑޫގައި މިހާރު ވެސް ދެ ކޮމަންޑޫ ގުޅާލުމުގެ މަސައްކަތް ހަލުވިކޮށް ކުރިއަށްދެއެވެ.