މަތީ އަރުތަވެރީންގެ އިނާމުގެ ޓައިޓަލް ޕާޓްނަރަކަށް ދިރާގު

މަތީ ސާނަވީ ނިންމާ އިމްތިޙާނުތަކުގެ މަތީ އަރުތަވެރީންގެ އިނާމު 2021-2022ގެ ޓައިޓަލް ޕާޓްނަރަކަށް ވުމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނާއެކު ދިރާގުން ސޮއިކޮށްފިއެވެ.

މިއީ 2021 އަދި 2022ވަނަ އަހަރުގެ މަތީ ސާނަވީ ނިންމާ އިމްތިޙާނުތަށް ހަދާފައިވާ ދަރިވަރުންގެ ތެރެއިން ގައުމީ ގަދަ ދިހައެއް ހާސިލްކޮށްފައިވާ ދަރިވަރުންގެ ކާމިޔާބީ ފާހަގަކުރުމަށް ބާއްވާ ގައުމީ އިނާމު ދިނުމުގެ ހަފްލާއެވެ.

މިގޮތުން އޭލެވެލް އިމްތިހާނުގައި ގަދަ 10 ރޭންކިންގ ހާސިލްކުރި ދަރިވަރުންގެ އިތުރުން ވަކިވަކި މާއްދާތަކުން ދުނިޔޭގެ އެންމެ މަތީ ދަރަޖަ ހޯދާފައިވާ ދަރިވަރުންނަށާއި ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްސަ އެވޯޑް ލިބޭ ދަރިވަރުންނަށްވެސް މި ހަފްލާގައި އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މިކަމާ މެދު ވާހަކަ ދައްކަވަމުން ދިރާގުގެ ޗީފް ކޮމާޝަލް އޮފިސަރު އަލީ ރިޔާޒް ވިދާޅުވީ ޒުވާނުން ބާރުވެރިކުރުވުމަކީ ދިރާގުގެ ސީއެސްއާރު ޕްރޮގްރާމްގެ މައިގަނޑު އެއް އަސާސީ ދާއިރާ ކަމަށެވެ.

އެގޮތުން މިނިސްޓްރީ އޮފް އެޑިއުކޭޝަނާ ގުޅިގެން މަތީ ސާނަވީ ނިންމާ އިމްތިހާނުތަކުގެ މަތީ އަރުތަވެރީންގެ އިނާމު 2021-2022 ގެ ޕާރޓްނަރަކަށްވެ، ޒުވާނުންގެ ކާމިޔާބީތައް ފާހަގަކުރުމަކީ ދިރާގަށް ލިބޭ ބޮޑު ފަޚުރެއް ކަމުގައި އޭނާ ވިދާޅުވިއެވެ.

މިކަމާ މެދު ވާހަކަ ދައްކަވަމުން މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ސީނިއާ ޕޮލިސީ ޑިރެކްޓަރު، ނައުޝާދު އިބްރާހީމް ވިދާޅުވީ ތައުލީމީ ދާއިރާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށާއި މުޖުތަމައުގައި ޒުވާނުން ކުރިއެރުވުމަށް ދިރާގުން ދޭ އެއްބާރުލުމާއި ހަރަކާތްތެރި ބައިވެރިވުމަށް ޝުކުރު އަދާކުރާ ކަމަށެވެ.

"މިފަދަ ހަރަކާތްތައް ބޭއްވުމުގައި ދިރާގުން އަބަދުވެސް ވެދެއްވާ އެހީތެރިކަންވެސް އުފަލާއެކު ފާހަގަކުރަން،" އޭނާ ވިދާޅުވިއެވެ.

މިއަހަރުގެ މަތީ ސާނަވީ ނިންމާ އިމްތިހާނުތަކުގެ މަތީ އަރުތަވެރީންގެ އިނާމު ދިނުމުގެ ހަފްލާ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ބުދަ ދުވަހުގެ ރޭ ދަރުބާރުގޭގައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް