އިލެކްޝަންސް ކޮމިޝަން (އީސީ) ގެ އިތުރު ދައުރަކަށް އެ ކޮމިޝަންގެ މެމްބަރު އަލީ ނަޝާތު އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.
އީސީގެ މެމްބަރު ކަމަށް ކުރިމަތި ލުމުގެ ފުރުސަތު މިމަހުގެ 10 ވަނަ ދުވަހު ރައީސް އޮފީހުން ހުޅުވާލީ އެ ކޮމިޝަންގެ މެމްބަރު އަލީ ނަޝާތުގެ ދައުރު ހަމަ ވާތީއެވެ.
އެ އިއުލާނާ ގުޅިގެން ނަން ފޮނުއްވި ފަރާތްތަކުގެ ނަންތައް ރައީސް ޞާލިޙް މަޖިލީހަށް ފޮނުވާފައިވާއިރު، އެ ނަންފުޅުތަކުގެ ތެރެއިން އެ މަނިކުފާނު އިސްކަން ދެއްވާފައިވަނީ މިހާރުވެސް ކޮމިޝަންގެ މެމްބަރުކަމުގައި ހުންނެވި އަލީ ނަޝާތުގެ ނަންފުޅަށެވެ.
އޭނާ ގެންދަވަނީ 2018 ވަނަ އަހަރުން ފެށިގެން އީސީގެ މެމްބަރުކަން ކުރައްވަމުންނެވެ.
ނަޝާތުގެ ނަންފުޅު ދިރާސާ ކުރެއްވުމަށް މިހާރު ވަނީ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމެޓީއަށް ފޮނުވާފައެވެ.