ފަޤީރު ސަރަޙައްދަކުން އައި 15 އަހަރުގެ މަލީޝާ މޮޑެލިންއަށް

އިންޑިއާގެ މުމްބާއިގެ ދަރާވީ ނަމަކަށް ކިޔާ ސަރަޙައްދަށް ނިސްބަތްވާ މަލީޝާ ހާރްވާގެ ހުވަފެން ހަގީގަތަކަށްވެ މޮޑެލިންގެ ދުނިޔެއަށް ނުކުމެއްޖެއެވެ.

ލަގްޒަރީ ބްރޭންޑް ކަމަށްވާ ފޮރެސްޓް އެސެންޝެލްސްގެ ޔުވަތީ ކަލެކްޝަންގެ އެންމެ ހަގު މޫނަކީ އުމުރުން 15 އަހަރުގެ މަލީޝާއެވެ. "ޕްރިންސެސް އޮފް ދަ ސްލަމް"ގެ ނަމުން މަޝްހޫރުވެފައިވާ މަލީޝާގެ ކުޑައިރު ވެސް ހުވަފެނަކަށްވީ ހަޔާތުގެ ކޮންމެ ވެސް ހިސާބަކުން މޮޑެލިން ދާއިރާގައި މަސައްކަތް ކުރުމުވެ.

ސޯޝަލް މީޑިއާގައި ގިނަ އަދަދެއްގެ ބަޔަކު ފޮލޯވާސްގެ ގޮތުގައި ތިބި މަލީޝާއަށް ލިބުނު މި ފުރުސަތާ އެކު ގިނަ ބައެއްގެ ސަމާލުކަންވަނީ ލިބިފައެވެ.

މީގެ ކުރިން ވެސް މަޝްހޫރު މެގަޒިންތައް ކަމަށްވާ، ކޮސްމޯޕޮލިޓަން، ޕީކޮކް، ގްރޭޒިއާ، އެލޭ އަދި ވޮގްގެ ކަވަ ޕޭޖުން މަލީޝާ ވަނީ ޖާގަ ހޯދައިފައެވެ. ފޮރެސްޓެ އެސެންޝަލްއަށް ދިން އިންޓަވިއުގައި މަލީޝާ ބުނެފައިވަނީ، "ޕްރިންސަން އޮފް ސްލަމް"އަކީ އަމިއްލައަށް ދިން ނަމެއް ކަމަށާއި، އޭގެ ފަހަތުގައި ވަރަށް ގިނަ ވާހަކަތަކެއް ފޮރުވިފައިވާ ކަމަށެވެ.

މަލީޝާ ބުނީ މުމްބާއިގެ ދަރާވީ ސަރަޙައްދަކީ ފަޤީރުން ގިނަ ދިރިއުޅުން ފަސޭހަ ނޫން ސަރަޙައްދަކަށް ވިޔަސް އެއީ މަލީޝާއަށް ދުނިޔެމަތީގެ ސުވަރުގެ ކަމަށެވެ. ސަބަބަކީ މަލީޝާގެ ދިރިއުޅުމުގެ ބޮޑު ބައެއް ހޭދަކޮށްފައިވަނީ އެ ސަރަޙައްދުގައި ކަމަށާއި ބަނޑުހައި ހޫނުކަންމަތީގައި ހޭދަކުރެވުނު ދުވަސްތައް ހަނދާންނައްތައިލަން ބޭނުންނުވާ ކަމަށެވެ. ވަރަށް ގިނަ ފަހަރަށް މަލީޝާއާއާ ބައެއް މީހުން ކުރާ ސުވާލަކީ ކުރީގެ ފަގީރު ދިރިއުޅުމާ މެދު ވިސްނާލުމުން ދެރަވޭތޯއާއި ނަމަވެސް އެ ސުވާލު ކުރިމަތިކުރުވާތީ އަޖައިބުވާ ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

ސަބަބަކީ، ކިތަންމެ ފަޤީރު ޙާލުގައި އުޅުނު ނަމަވެސް އެއީ އަމިއްލަ ގެ ކަމަށާއި އެ ދިރިއުޅުމުގައި ދެރަވާން ޖެހުނު ހަމައެކަނި ކަމަކީ މަލީޝާއާއި އޭނާގެ ބޭބެއަށް ބައެއް ފަހަރު ހުސް ބަނޑާ ނިދަން ޖެހުން ކަމަށް މަލީޝާ ވަނީ ބުނެފައެވެ.

މަލީޝާ އެންމެ ފުރަތަމަ މީޑިއާގެ ސަމާލުކަމަށް އައީ އުމުރުން ދިހަ އަހަރުގައެވެ. އެމެރިކަން އެކްޓަރު ރޮބަޓް ހޮފްމަންގެ ފިލްމު ސެޓެއްގައި މަލީޝާވަނީ ބޭބެއާ އެކު ކުރާނެ މަސައްކަތެއް ހޯދުމަށް އެދިފައެވެ. އެއީ، ކޮވިޑް-19ގެ ބަލިމަޑުކަން ތަހައްމަލު ކުރަމުންދިޔަ ދަނޑިވަޅު ކަމަށްވެފައި މަލީޝާގެ ވާހަކަ އަޑުއެހުމަށް ފަހު ރޮބަޓް ނިންމީ މަލީޝާއަށް އެހީތެރިވުމަށެވެ.

މަލީޝާގެ އެޖެންޓުގެ ގޮތުގައި މަސައްކަތްކުރާ ރޮބަޓްގެ އެހީއާ އެކު ސޯޝަލް މީޑިއާގައި އޭނާ ހިއްސާކުރި މަލީޝާގެ ހަޔާތާ ބެހޭ ގިނަ ޕޯސްޓުތަކަށް ވަނީ އާއްމުންގެ ސަމާލުކަން ލިބިފައެވެ. އޭގެ ފަހުން މުނިފޫހިފިލުވުމުގެ ދާއިރާއިން މަލީޝާއަށް ވަނީ ތަފާތު އެކި ފުރުސަތުތައް ލިބިފައެވެ. މޮޑެލް ކުރުމުގެ ދާއިރާއަށް ނުކުތަސް ތައުލީމީ ހަޔާތާއި ވަކިނުވާނެ ކަމަށާއި ތައުލީމީ ދާއިރާއިން ކުރިއަށް ދިއުމަށް އާމްދަނީ ހޯދުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް މަލީޝާ ވަނީ ބުނެފައެވެ.

comment ކޮމެންޓް