ރިޔާސީ އިންތިހާބުގައި އަށް ގައުމެއްގައި ވޯޓު ފޮށި ބަހައްޓަނީ

މީގެ ކުރިން ބޭއްވި އިންތިޚާބެއްގެ ވޯޓް ގުނަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މި އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގެ ވޯޓު ފޮށި އަށް ގައުމެއްގައި ބަހައްޓަން ނިންމާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ އަށް ގައުމުގެ ނުވަ ސިޓީއެއްގައި ވޯޓް ފޮށި ބަހައްޓަން ނިންމާފައިވާ ކަމަށެވެ. ނަމަވެސް އެ ގައުމުތަކުގައި ވޯޓުލާ މަރުކަޒު ގާއިމުކޮށް ވޯޓް ފޮށި ބަހައްޓާނީ 150އަށް ވުރެ ގިނަ މީހުން އެ ފޮއްޓަށް ވޯޓު ލާން ރަޖިސްޓްރީކުރުމުން ކަމަށް ހަބީބު ވިދާޅުވިއެވެ.

ވޯޓު ފޮށި ބަހައްޓާ ގައުމުތަކަކީ:

  • އިންޑިއާގެ ޓްރިވެންޑްރަމް އަދި ނިއު ދިއްލީ
  • ސްރީލަންކާގެ ކޮލަމްބޯ
  • މެލޭޝިޔާގެ ކުއަލަލަމްޕޫރު
  • ސިންގަޕޫރު
  • ތައިލެންޑްގެ ބެންކޮކް
  • އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) ގެ އަބޫދާބީ
  • ޖަޕާނުގެ ޓޯކިޔޯ
  • އިނގިރޭސިވިލާތުގެ ލަންޑަން

މި އަހަރުގެ އިންތިޚާބުގައި ޖުމުލަ 283،272 މީހަކަށް ވޯޓު ލުމުގެ ހައްގު ލިބޭއިރު، މީހުން ދިރިއުޅޭ ރަށްތަކާއި ރިސޯޓުތަކާއި ދިވެހިން އެންމެ ގިނައިން ދިރިއުޅޭ ބޭރު ގައުމުތަކުގައި ބަހައްޓާ ފޮށިތައް ހިމެނޭހެން ޖުމްލަ 800 ވޯޓު ފޮށި ބަހައްޓަން އީސީން ވަނީ ނިންމާފައެވެ.

comment ކޮމެންޓް