ވެށިފަހި ފްލެޓްތައް މަރާމާތުކުރުމުގެ ފުރަތަމަ ފިޔަވަހި ނިންމާލައިފި

ހުޅުމާލޭގެ ފްލެޓްތަކެއް -- ފޮޓޯ/ އެޗްޑީސީ

ހުޅުމާލޭގައި ގާއިމްކޮށްފައިވާ ވެށިފަހި ފްލެޓްތަކުގެ މަރާމާތު މަސައްކަތުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިމިފައިވާ ކަމަށް އާބަންކޯއިން ބުނެފިއެވެ.

ހުޅުމާލޭގެ 1000 (ވެށިފަހި މާލެ) ފުލެޓު މަޝްރޫއުގެ ދަށުން ތަރައްގީ ކޮށްފައިވާ ފުލެޓު ނަންބަރު 83 އިން 112 އަށް، 30 އިމާރާތެއްގެ ބޭރުފާރުގެ ކުލަ އައު ކުރުމެގެ މަސައްކަތް އާބަންކޯއިން ފެށީ މިދިޔަ މިދިއަ އަހަރުގެ އޮކްޓޫބަރުގައެވެ. މި މަސައްކަތުގެ ދަށުން އިމާރާތުގެ ބޭރުފާރާއި، ފުލެޓުތަކުގެ ބެލްކަނީގެ އެތެރެ ފާރުގައި ކުލަ ލައި، ފުލެޓުތަކުގެ ރެނދު ބެއްދުމުގެ މަސައްކަތްތައް ވަނީ ނިންމާލާފައެވެ.

އާބަންކޯއިން މިހާރު އަންނަނީ ބާކީ ހުރި ފުލެޓް ތަކުގެ ތެރެއިން، 113 އިން 138 ވަނަ ފުލެޓާއި ހަމައަށް މި މަސައްކަތްތައް ފެށުމަށް ތައްޔާރުވަމުންނެވެ. އެ ކޯޕަރޭޝަނުން ބުނީ ކޮންމެ އިމާރާތެއްގެ މަސައްކަތް ފެށުމުގެ ކުރިން އެ އިމާރާތުގައި ދިރިއުޅޭ މީހުންނަށް ދުރާލާ ނޯޓިސް ދެވޭނެ ކަމަށެވެ.

އާބަންކޯއިން ބުނީ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ފުލެޓުތަކުން އެ ފުލެޓުތަކުގެ ބެލްކަނީގެ ފާރުގައި ކުލަލުމަށް މަސައްކަތްތެރިންނަށް މަގުފަހިކޮށްދިނުމަކީ އެ ފުލެޓެއްގެ ވެރިފަރާތުގެ ޒިންމާއެއް ކަމަށެވެ.

comment ކޮމެންޓް