ހދ އަތޮޅުގެ އިސް މެޖިސްްޓްރޭޓަށް މަރުގެ އިންޒާރުދިން މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފި

ހދ އަތޮޅުގެ އިސް މެޖިސްޓްރޭޓް އަލީ އާދަމް --

ހދ އަތޮޅުގެ އިސް މެޖިސްޓްރޭޓް އަލީ އާދަމަށް މަރުގެ އިންޒާރުދިން މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު "ސަން"އަށް ވިދާޅުވީ އެ މައްސަލަ އިއްޔެ އެ އިދާރާއަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އެ މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އެއީ އުމުރުން 25 އަހަރުގެ މީހަކާއި 23 އަހަރުގެ މީހެކެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި އަލީ އާދަމަށް އިންޒާރުދީފައިވަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުތެރޭގައި ހުންނަވަނިކޮށްނެެވެ.

އަލީ އާދަމުގެ އިތުރުން ކުޅުދުއްފުށީ ކޯޓުގައި އިތުރު ދެ ފަނޑިޔާރަކުވެސް ތިއްބަވަ އެވެ.

comment ކޮމެންޓް