އެސްއެސްނެޓް ލައިފިންތަ؟ މިހާރު ގުޅައިދިނުން ހިލޭ!

ރާއްޖޭގައި އެންމެ ފަހުން ކޭބަލް ޓީވީގެ ޚިދުމަތް ދޭން ފެށި އެސްއެސްނެޓުން، ޚާއްސަ ޕްރޮމޯޝަނެއްގެ ދަށުން ހިލޭ ގުޅައިދޭ ގޮތަށް ހަމަޖެހިއްޖެއެވެ.

އެސްއެސްނެޓާ އަލަށް ގުޅޭ ކަސްޓަމަރުން، ރަޖިސްޓްރީކުރުމުން ހިލޭ ގުޅައިދޭ ގޮތަށް ހަމަޖެހިފަވާއިރު މި ޕްރޮމޯޝަންގެ ސަބަބުން ކަސްޓަމަރުންނަށް 1،000 ރުފިޔާ ސަލާމަތް ކުރެވޭނެއެވެ.

މި ޕްރޮމޯޝަން ކުރިއަށް ދާއިރު އެސްއެސްނެޓާ އަލަށް ގުޅޭ ކަސްޓަމަރުންނަށް ޚިދުމަތް ހޯދުމަށް ޑީކޯޑަރެއް ބޭނުންވާނެއެވެ. އަދި ޑީކޯޑަރުގެ އަގުތައް ބަހައިގެން ދެއްކުމުގެ ފުރުސަތު ކަސްޓަމަރުންނަށް އޮންނާނެއެވެ. މިއީ އެސްއެސްނެޓުގެ ކަސްޓަމަރުންނަށް ލިބޭނެ ބޮޑު ލުޔެކެވެ.

އެހެންނަމަވެސް ކުރީގެ ދިރާގު ޓީވީ ޑީކޯޑަރެއް ހުރި ކަސްޓަމަރެއް ނަމަ އިތުރު ޑީކޯޑަރެއް ގަންނާކަށް ނުޖެހޭނެއެވެ. މި ޕްރޮމޯޝަނަކީ ވަކި މުއްދަތެއް ނެތް ގޮތަށް ކުރިއަށްދާ ޕްރޮމޯޝަނެކެވެ.

އެސްއެސްނެޓްގެ ޕެކޭޖްތައް:

  • ލުއިވި ޕެކޭޖް – 39 ޗެނަލް
  • ނަލަވި ޕެކޭޖް – 108 ޗެނަލް
  • އެކުވި ޕެކޭޖް – 126 ޗެނަލް

އެސްއެސްނެޓްގެ ޚިދުމަތް ލިބޭނީ ހައި ކުއަލިޓީގެ އޯޑިއޯ އަދި ވީޑިއޯއާއެކުއެވެ. އަދި ޚިޔާރުކުރާ ކޮންމެ ޕެކޭޖަކާ އެކު "ސަން ސިނަމާ" ލިބޭނެއެވެ.

މިއަހަރުގެ ފިތުރު ޢީދު ދުވަހާއި ގުޅިގެން ތަޢާރަފުކުރި "ސަން ސިނަމާ" އަކީ އެސްއެސްނެޓްގެ ވީޑިއޯ އޮން ޑިމާންޑް ޚިދުމަތެކެވެ. ސަން ސިނަމާގައި ހިމެނޭނީ ދިވެހި ފިލްމުތަކާއި ޑްރާމާތަކާއި ޕްރޮގްރާމްތަކާއި އެފަދަ އަމިއްލަ އުފެއްދުންތަކެވެ.

އެސްއެސްނެޓްގެ ޕެކޭޖްތަކުން ދިވެހި، އިނގިރޭސި، ހިންދީ، ކުޅިވަރު، ކުޑަކުދިންގެ ޗެނަލްތަކުގެ އިތުރުން ޚަބަރާއި މައުލޫމާތު އަދި މުނިފޫހިފިލުވުމުގެ އެތައް ޗެނަލްތަކެއް ލިބޭނެއެވެ. މީގެ އިތުރުން ރޭޑިއޯ ޗެނަލްތައް ވެސް އެސްއެސްނެޓުން ލިބޭނެއެވެ.

އެސްއެސްނެޓްގެ ކޯލް ސެންޓަރު 1633 (ސޯޅަ ތެއްތިރީސް) އަށް ގުޅައިގެން ކަސްޓަމަރުންނަށް ފުރިހަމަ ޚިދުމަތް ލިބޭނެއެވެ.

comment ކޮމެންޓް