އެސްއެސްޓީވީ އާއި މޯލްޑިވްސް މިޔުޒިކް އެންޑް އާޓްސް ސެންޓަރު (އެމްއެމްއޭސީ) ގުޅިގެން ގެނެސްދޭ މަދަހަ ރަން އަޑު މުބާރާތުގެ ހަވަނަ ސީޒަންގައި ބައިވެރިވުމުގެ ފުރުސަތު މި މަހުގެ 22ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފިއެވެ.
މަދަހަ ރަން އަޑު ސީރީސްއަކީ 2020ވަނަ އަހަރުން ފެށިގެން އެމްއެމްއޭސީއިން ބާއްވަމުން އަންނަ ސިލްސިލާ މަދަހަ މުބާރާތެކެވެ.
މި މުބާރާތަކީ މިހާތަނަށް އެންމެ ގިނަ އަމިއްލަ ޅެމާއި އެންމެ ގިނަ އަމިއްލަ ރާގު ގެނެސްދިނުމުގެ ރެކޯޑް ގާއިމްކޮށްފައިވާ މަދަހަ މުބާރާތެވެ.
މިމުބާރާތުގައި ވާދަ ކުރާ އުމުރުފުރާތަަކަކީ:
- ހަ އަހަރުން ދަށް
- ނުވަ އަހަރުން ދަށް
- 11 އަހަރުން ދަށް
- 13 އަހަރުން ދަށް
- 16 އަހަރުން ދަށް
- 18 އަހަރުން ދަށް
މީގެ އިތުރުން ޒުވާނުންގެ އުމުރުފުރާއިން 18 އަހަރާއި 35 އަހަރާ ދެމެދުގެ ބައިވެރިންނަށް ވެސް ފުރުސަތު އޮންނާނެއެވެ.
ހުށަހަޅަންޖެހޭ ލިޔެކިޔުންތައް: - އައިޑީކާޑު ކޮޕީ: ފޮނުވާނީ ވައިބާ މެދުވެރިކޮށް 9990997 މި ނަންބަރަށެވެ.
- މަދަހައިގެ ޅެން: ފޮނުވާނީ މައިކްރޯސޮފްޓް ވޯޑުގައި ޓައިޕުކުރުމަށްފަހު ވައިބާ މެދުވެރިކޮށް 9990997 ނަންބަރަށެވެ.
- އައިޑީކާޑް ޅެމުގެ އަދި އަމިއްލަ ރާގުގެ ކޮޕީރައިޓްސް ފޮނުވުމުގެ ސުންގަނޑިއަކީ 10 ޖަނަވަރީ 2025ވަނަ ދުވަހުގެ މެންދުރު 12:00 އެވެ.
- ޅެމުގެ އަމިއްލަ ރާގުގެ ކޮޕީރައިޓްސް ފޮނުވާނީ ވައިބާ މެދުވެރިކޮށް 9990997 މި ނަންބަރަށެވެ.
- އަމިއްލަ ރާގަށް މަދަހަ ހައްދަވައި ފަރާތްތަކުން އޯޑިއޯގެ ސާމްޕަލް ފޮނުވާނީ ވައިބާ މެދުވެރިކޮށް 9990997 ނަންބަރަށެވެ.
- ވާރްޗުއަލްކޮށް މަދަހައިގެ ވީޑިއޯ ފޮނުވާ ފަރާތަތަކުން ފޮނުވާނީ ޓެލެގްރާމް މެދުވެރިކޮށް 7316256އަށެވެ.
މަދަހަ ރަން އަޑު ސިލްސިލާގައި ރަށްފުށުގެ ރީތި މަންޒަރުތައް ފެންނަ ގޮތަށް، ވާޗުއަލްކޮށް މަދަހަ ހުށަހެޅުމުގެ ފުރުސަތު ވެސް ލިބޭނެއެވެ.
މިގޮތުން ވޭތުވެ ދިޔަ ފަސް މުބާރާތުގައި އެއްވަނަ ދެވަނަ ތިންވަނަ އަތޮޅާއި އެއް ވަނަ ދެ ވަނަ ތިން ވަނަ ރަށް ވެސް ވަނީ ހޮވައިފައެވެ. ވޭތުވެދިޔަ މުބާރާތުގައި ވަނަތަކަށް ހޮވުނު ބައިވެރިންނަށް އަގު ބޮޑު އިނާމުތަކެއް ވަނީ ދީފައެވެ. މިފަހަރުގެ މުބާރާތުގައި ވެސް އަތޮޅުތަކުން މަދަހަ ބައިވެރިކުރުމުގެ ފުރުސަތުވަނީ ހުޅުވާލާފައެވެ.
މަދަހަ ރަން އަޑު ސީޒަން ހަޔެއްގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކަށް 7316256 މި ނަމްބަރަށް ގުޅުމުން މައުލޫމާތު ސާފުކުރެވޭނެއެވެ.