ހިތަދޫ ގެއެއްގައި ރޯވެ އާއިލާއެއް ހާލުގައި ޖެހިއްޖެ

އަލިފާނުގެ ހާދިސާގައި ގެޔަށް އެކިވަރުގެ ގެއްލުން ލިބިފައި / ފޮޓޯ: އެންޑީއެމްއޭ

އައްޑޫ ސިޓީ ހިތަދޫ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި، އާއިލާއެއް ހާލުގައި ޖެހިއްޖެއެވެ.

ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން ކުރި ޓްވީޓެއްގައި ބުނީ ސ. ހިތަދޫ މާކޯޅި ގޭގައި ރޯވެ، ރޭ ދަންވަރު ހިނގި އަލިފާނުގެ އެގެ އެއްކޮށް އަނދައި ހުލިވެ، ބޮޑެތި ގެއްލުން ތަކެއް ލިބިފައިވާ ކަމަށެވެ.

މި ހާދިސާއާ ގުޅިގެން ގޭގައި ދިރިއުޅެމުން ދިޔަ މީހުންނަށް ވަނީ ވަގުތީ ހިޔާވަހިކަން ފޯރުކޮށްދީފައެވެ. މި ހާދިސާގައި އަންހެނަކާއި ތިން ކުޑަކުދިންނަށް އެކި ވަރުގެ އަނިޔާ ލިބިފައިވާއިރު، ހާލު ދެރަވި މީހުންނަށް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދީފައިވެއެވެ.

އެ ގޭގައި ދިރިއުޅެމުން ދިޔަ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް އައްޑޫ ސިޓީ ކައުންސިލާ ގުޅިގެން ކުރަމުން ގެންދާކަމަށް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން ބުންޏެވެ.

"ސަން" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ގޭގައި ރޯވެފައިވަނީ ކޮޓަރިއެއް ތެރޭ ރޯކޮށްފައި އިން އުއްބަތިއަކުންނެވެ.

comment ކޮމެންޓް