އާންމުތަނެއްގައި ދެ މީހަކު ޖިންސީގުޅުން ހިންގާ މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ.
ހުޅުމާލޭގެ ސަރަހައްދެއްގައި ދެ މީހަކު ޖިންސީގުޅުން ހިންގާ ވީޑީއޯއެއް އިއްޔެ ސޯޝަލްމީޑިއާގައި ވަނީ އާއްމުވެފައެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު "ސަން"އަށް ވިދާޅުވީ ސޯޝަލްމީޑިއާ މެދުވެރިކޮށް އެ ފަދަ މައްސަަލައެއް ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އެ މައްސަލަ މިހާރު ތަހުގީގުކުރަމުންދާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
މީގެ އިތުރުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެފަދަ ކަންކަން އިތުރުވާކަން ފާހަގަކުރެވިފައި ނުވާ ކަމަށެވެ.
"އިޖުތިމާއީ މިންގަނޑުތަކާ ޚިލާފުވާ އަދި ގާނޫނާއި ގަވައިދާ ޚިލާފު ކަންކަން ހުއްޓުވުމަށް ފުލުހުން އަބަދުވެސް ދަނީ މަސައްކަތް ކުރަމުން،" އޮފިޝަލް ވިދާޅުވިއެވެ.
މި މައްސަލައިގެ ތުހުމަތުގައި އެއްވެސް މީހަކު ހައްޔަރު ކޮށްފައެއް ނުވެއެވެ.
މީގެ ކުރިން ވެސް މި ފަދަ ވީޑިއޯތައް ވަނީ ސޯޝަލްމީޑިއާގައި މަދުން ނަމަވެސް އާއްމުވެފައެވެ.
comment ޙަސަން އަޙްމަދު
2 year 11 month ago
ފަހު ޒަމާނުގެ ޢަލާމަތެއް މިއީ. އަޖައިބަކީ އަހަރެމެން ކުޑައިރު މީހަކު ގަބޫލުވެސް ނުކުރާނެ މިފަދަ ކަމެއް އާދަމުގެދަރިއަކަށް ބުއްދި ސަލާމަތުން ހުރެ ކުރަން ކެރިދާނޭ ވެސް
comment ައަލިމަނިކު
2 year 11 month ago
ނަފަސާނީ ޖިންސީބަލި
comment ގާޒީ
2 year 11 month ago
އެމީހުން ހިންގީ ޖިންސީ ގުޅުންކަން ސަބަބުވެރި އިންސާނަކަށް ނުބުނެވޭނެ!
comment ފަންސޫރު
2 year 11 month ago
ރޯމާދުވާލު ޖިންސީގުޅުން ހިންގި ދެމީހުންނަކީ ނަފްސާނީ ބަލީގެ ދެމީހުންކަމަށް މާގިނަދުވަހެއްނުވެ ނިންމާނެ