މީހުންނަށް އުނދަގޫވާ ގޮތަށް އުޅުނީ ނަފްސާނީ ބަލިމީހެއް، ފަރުވާދެނީ

އައިޖީއެމްއެޗްގައި އޭނާއަށް ދަނީ ފަރުވާދެމުން -- ސަން ފައިލް ފޮޓޯ

މާލޭ މަގުމަތީގައި މީހުންނަށް އުނދަގޫވާ ގޮތަށް އުޅުނީ ނަފްސާނީ ބަލި މީހަކަށްވާތީ އޭނާއަށް ފަރުވާދޭން ފަށައިފިއެވެ.

އިދާރާތަކުން އޭނާއަކީ ނަފްސާނީ މީހެއްކަމަށް ހާމަނުކުރި ނަމަވެސް އެ ކަން "ސަން"އަށް ވަނީ ކަށަވަރުވެފައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު "ސަން"އަށް ވިދާޅުވީ ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށުނޖް ފުލުހުންގެ އެހީތެރިކަމާއެކު މިދިޔަ އަންގާރަ ދުވަހު އެ މީހާ އައިޖީއެމްއެޗްއަށް ގެންގޮސް ފަރުވާ ދެމުންދާ ކަމަށެވެ.

ޖެންޑާ މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ އެ މައްސަލަ ވަނީ ރިޕޯޓްކުރެވިފައި ކަމަށެވެ. އަދި ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން ވިކްޓިމްއަށް ލިބިދޭންޖެހޭ އެހީތެރިކަމާއި ރައްކާތެރިކަން ދަނީ ފޯރުކޮށްދެމުން ކަމަށެވެ.

އެ މީހާ މަގުމަތީގައި މީހުންނަށް އުނދަގޫވާނޭހެން ނަށާ ވީޑިއޯއެއް ވެސް ވަނީ އާއްމުވެފައެވެ. އަދި ރައްޔިތުންގެ މަޖިލިސް ކުރިމަތީގައި ހަމަނުޖެހުމެއް ހިންގަން އުޅުނު ވީޑިއޯއެއް ވެސް އާއްމުވެފައިވެއެވެ.

comment ކޮމެންޓް