14 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ބަލަނީ

ޖޫން 29، 2020: ރޭޕްއާ ދެކޮޅަށް މާލޭގައި ކުރި މުޒާހަރާގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އުތުރުގެ ރަށެއްގައި 14 އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފެންމަތިވެ، ފުލުހުން އެ މައްސަލަ ބަލަން ފަށައިފިއެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ، އުތުރުގެ ރަށެއްގައި 14 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް މިދިޔަ މަހުގެ 29 ވަނަ ދުވަހު ފުލުހަށް ހުށަހަޅާފައި ވާކަމަށެވެ. އަދި މި މައްސަލަ މިހާރު ތަހުގީގުކުރާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލައަކީ ކުޑަކުއްޖަކު ހިމެނޭ މައްސަލައަކަށް ވުމުން ކުއްޖާގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން އެކުއްޖާގެ އަތޮޅާއި ރަށް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި އެ ކުއްޖާއަށް ލިބިފައިވާ އަނިޔާތަކަށް ފަރުވާ ދިނުމަށް ޖެންޑާ މިނިސްޓްރީން ވަނީ އެ ކުއްޖާ މާލެ ގެނެސްފައެވެ.

comment ކޮމެންޓް