ރަސްދޫ ޕޮލިސް އިސްޓޭޝަންގައި ބަންދުގައި ހުރި މީހަކު ފިލައިފި

ރަސްދޫ ޕޮލިސް އިސްޓޭޝަން --

އއ. ރަސްދޫ ޕޮލިސް އިސްޓޭޝަނުގައި ހައްޔަރުކޮށްފައިހުރި މީހަކު ފިލައިފިއެވެ.

ފުލުހުން ބުނީ ރަސްދޫ ޕޮލިސް އިސްޓޭޝަންއިން ބަލަމުންދާ މައްސަލައަކާ ގުޅިގެން ހައްޔަރުކޮށްފައި ހުރި 25 އަހަރުގެ ދިވެހި ފިރިހެނަކު އިއްޔެ ގޮޅިން ނެރެފައި ހުއްޓާ ފިލައިފައިވާ ކަމަށެވެ.

އެ މީހާ ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން ކަމަށާއި އެ މީހާއަކީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހެއް ކަމަށް ވެސް ފުލުހުން ބުނެއެވެ.

ސޯޝަލް މީޑިއާގައި އަޑު ފެތުރިފައިވާ ގޮތުގައި އޭނާ ފިލައިގެން ދިޔައިރު ޕޮލިސް އިސްޓޭޝަނުން ބައެއް ތަކެތި ވެސް ވަގަށް ގެންގޮސްފައިވެއެވެ. އެހެން ނަމަވެސް، ފުލުހުން އެ ކަން ދޮގު ކުރެއެވެ.

ފުލުހުން ބުނީ އެ މީހާ އެއްވެސް އެއްޗެއް ރަސްދޫ ޕޮލިސް އިސްޓޭޝަނުން ގެންގޮސްފައިނުވާ ކަމަށެވެ. މި ކަމާ ގުޅިގެން އިތުރު މައުލޫމާތެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

comment ކޮމެންޓް