ކުޑަފަރީ ކްލައިމެޓް މޮޑެލިންއަށް ބޭނުންވާ ޑޭޓާ އެއްކުރުމުގެ މަސައްކަތް ފަށައިފި

ކުޑަފަރި -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ނ. ކުޑަފަރީގެ ކްލައިމެޓް މޮޑެލިންއަށް ބޭނުންވާ މައުލޫމާތު އެއްކުރުމުގެ ގޮތުން އިނގިރޭސިވިލާތުގެ ޔުނިވާސިޓީއަކާ ގުޅިގެން ސާވޭގެ މަސައްކަތް މިއަދު ފަށައިފިއެވެ.

މި ސާވޭގެ މަސައްކަތް ފަށައިފައިވަނީ މިއަދެވެ. މި ސާވޭގެ މަސައްކަތްކުރަނީ ލަންޑަންގެ ވެސްޓްމިންސްޓާ ޔުނިވާސިޓީއާ ގުޅިގެންނެވެ. އެ މަސައްކަތް ކުރާނީ އެ ޔުނިވާސިޓީގެ ސްކޫލް އޮފް އާކިޓެކްޗާ އެންޑް ކްލައިމެޓުންނެވެ.

ސާވޭގެ މަސައްކަތް މިއަދުން ފެށިގެން އަންނަ ބުދަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ. މި ސާވޭގައި މުޅި ރަށުގެ މަންޒަރުތައް ނަގާނެއެވެ.

ޑްރޯން ބޭނުންކޮށްގެން މި މަންޒަރުތައް ނަގާނީ ރަށުގެ ސްޕޭޝަލް މެޕިންއަށާއި ކްލައިމެޓް މޮޑެލިންއަށެވެ.

މި މަސައްކަތާ ގުޅިގެން "ސަން"އާ ވާހަކަދައްކަވަމުން ކުޑަފަރީ ކައުންސިލްގެ ރައީސް އަލީ ޝަމީމް ވިދާޅުވީ އެއްކުރާ ޑޭޓާ ބޭނުންކުރާނީ ރަށުގެ ލޭންޑް ޔޫސް ޕްލޭން އެކުލަވައިލުމުގެ މަސައްކަތަށްކަމަށެވެ.

މީގެ އިތުރުން ރަށާ ގުޅުންހުރި މަސައްކަތްތަކާއި ތިމާވެށީގެ ކަންކަމުގައި ރަށަށް އަންނަ ބަދަލުތައް ދެނެގަތުމަށް ވެސް މައުލޫމާތު ބޭނުންކުރާނެކަމަށް ޝަމީމް ވިދާޅުވިއެވެ.

"ގާތްގަނޑަކަށް ދެ ދުވަހެއްގެ ތެރޭ މީގެ ނަތީޖާ އަޅުގަނޑުމެންނަށް ފެންނަން ފަށާނެ،" ޝަމީމް ވިދާޅުވިއެވެ.

comment ކޮމެންޓް