ޗާލްސް ތިނެއް، ރަސްކަމާ ހަވާލުވާ ރަސްމިއްޔާތަށް ރައީސް ލަންޑަނަށް

ރައީސް ސޯލިހް އަދި އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް ---- ފޮޓޯ/ ރައީސް އޮފީސް

އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް ތިނެއް، ރަސްމީގޮތުން ރަސްކަމާ ހަވާލުވުމަށް ބާއްވާ ރަސްމިއްޔާތުގައި ބައިވެރިވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު، ލަންޑަނަށް ފުރާވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާނު މުޙައްމަދު ވިދާޅުވީ، މި މަހުގެ ހަވަނަ ދުވަހު އޮންނަ، އެ ރަސްމިއްޔާތުގައި ބައިވެރިވެޑައިގަތުމަށް ރައީސް ފުރުމަށް ހަމަޖެހިފައި ވަނީ މިރޭގެ ވަގުތެއްގައި ކަމަށެވެ.

ރައީސްގެ ދަތުރުފުޅުގައި، ކޮމަންވެލްތުގެ ލީޑަރުނާ، އިއްޒަތްތެރިންނަށް ބާއްވާ ޚާއްސަ އިވެންޓެއްގައި ވެސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

އިނގިރޭސި ތަޚްތަށް ރަސްގެފާނު ޗާލްސް އިސްވެވަޑައިގެންފައި ވަނީ މަންމާފުޅު ރާނީ އެލިޒަބަތު އަވަހާރަވުމުންނެވެ. ރާނީ އެލިޒަބަތު ދެ ވަނަ އަވަހާރަވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގައެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 96 އަހަރެވެ.

ރާނީ އަވަހާރަވުމާ ގުޅިގެން ރައީސްގެ ދެކަނބަލުން ވަނީ ރާނީގެ ޖަނާޒާގައި ބައިވެރިވެވަޑައިގެން، ރާނީއަށް އެންމެފަހުގެ އިހްތިރާމް އަދާކުރައްވާފައެވެ.

comment ކޮމެންޓް