ބީއެމްއެލްގެ ޑޮލަރު އޭޓީއެމް، ސްޓާ ކްލައުޑް އިމާރާތަށް ބަދަލުކުރަނީ

ހެންވޭރު އާޓިފިޝަލް ބީޗް ސަރަހައްދުގައި ހުންނަ ބީއެމްއެލްގެ އޭޓީއެމް ސެންޓަރު --- ސަން ފޮޓޯ/ އަހުމަދު ޝަރުވާން

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ މާލޭގައި ހުރި ޑޮލަރު އޭޓީއެމް ސެންޓަރުތައް މަޖީދީ މަގުގައި ހުންނަ ސްޓާ ކްލައުޑް އިމާރާތަށް ބަދަލުކުރަން ނިންމައިފިއެވެ.

ބީއެމްއެލްގެ ޑޮލަރު އޭޓީއެމްތައް މިހާރު ހުންނަނީ ބޮޑުތަކުރުފާނު މަގުގައި ހުންނަ ހ. މެރިން ޑްރީމް އިމާރާތުގެ ތިރީ ފްލޯގައެވެ.

މާލޭގެ އިތުރުން، ހުޅުމާލޭ އަދި ވީއައިއޭގައި ވެސް ބީއެމްއެލްގެ ޑޮލަރު އޭޓީއެމް ސެންޓަރުތައް ހުރެއެވެ.

ބީއެމްއެލް އިން މިއަދު ބުނީ، މި ގެނެވޭ ބަދަލާ އެކު އަންނަ ހޮނިހިރު ދުވަހުން ފަށައިގެން އާޓިފިޝަލް ބީޗް ސަރަހައްދުގައި މިހާރު ހުންނަ އޭޓީއެމް ސްޓާ ކްލައުޑަށް ބަދަލު ކުރާނެ ކަމަށެވެ.

ބިއެމްއެލް އިން ބުނީ މި ބަދަލާ އެކު ސްޓާ ކްލައުޑްގައި ހުންނާނީ ޑޮލަރު އޭޓީއެމް އެކަނި ކަމަށެވެ.

ބޭންކުން ބުނިގޮތުގައި އެ ތަނާ އެންމެ ކައިރިން، ދިވެހި ރުފިޔާ ނެގޭ އޭޓީއެމް ސެންޓަރަކަށް ހުންނާނީ އައިޖީއެމްއެޗުގައި ހުންނަ އޭޓީއެމް ސެންޓަރެއެވެ.

ސްޓާ ކްލައުޑް ބިލްޑިންގްގައި މިހާރު ބަަހައްޓާފައި ހުންނަނީ ހަމައެކަނި ދިވެހި ފައިސާ ނެގޭ އޭޓީއެމްތަކެވެ. އެކަމަކު، މިހާރު މި ގެނައި ބަދަލާއި ގުޅިގެން އެ ބިލްޑިންގުގައި ހުރި އޭޓީއެމް މެޝިންތަކުން ދެން ނެގޭނީ ޑަލަރެވެ.

comment ކޮމެންޓް