ވިއްސާރައިގެ ސަބަބުން ހުޅުމާލޭ ހޮސްޕިޓަލުގައި ފެންބޮޑުވެއްޖެ

ވިއްސާރައިގެ ސަބަބުން ހުޅުމާލޭ ހޮސްޕިޓަލުގައި ފެންބޮޑުވެފައި--- ފޮޓޯ/ ސޯޝަލް މީޑިއާ

މާލެ ސަރަހައްދަށް މިރޭ ބޯކޮށް ވާރޭވެހުމުގެ ސަބަބުން ހުޅުމާލޭ ހޮސްޕިޓަލުގައި ފެންބޮޑުވެއްޖެއެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކަކުން ފެންނަ ގޮތުގައި ހުޅުމާލެ ހޮސްޕިޓަލުގެ މެއިން ކައުންޓަރާއި ޓްރައޭޖް ހުންނަ ސަރަހައްދުގައި ވަނީ ފެންބޮޑުވެފައެވެ. އަދި, ހޮސްޕިޓަލުގެ ސްޓާފުން ފެން ހިއްކުމުގެ މަސައްކަތް ކުރަމުންދާ މަންޒަރު ވެސް ވިޑިއޯތަކުން ފެނެއެވެ.

އެކަމާ ގުޅިގެން އެ ހޮސްޕިޓަލުން ބުނީ ފެންބޮޑުވި ނަމަވެސް ހޮސްޕިޓަލުން ދެމުންދާ އެއްވެސް ޚިދުމަތަކަށް ބުރޫނާރާނެ ކަމަށެވެ. އަދި, ފެން ހިއްކުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

https://sun.mv/176473

ހޫނުގަދަ ދުވަސްތަކަކަށް ފަހު މާލެ ސަރަހައްދަށް މިރޭ ވަނީ ގުގުރުމާ އެކު ބޯކޮށް ވާރޭ ވެހިފައެވެ. އެކަމާ ގުޅިގެން މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ ކުރިއަށް އޮތް 24 ގަޑިއިރު މާލެއާ ދެކުނަށް ގުގުރުމާ އެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

އޭގެ އިތުރުން މެދު ރާއްޖެތެރެއަށް ވެސް ވިއްސާރަ ކުރާނެ ކަމަށް އެ އިދާރާއިން ލަފާކޮށްފައިވެއެވެ.

ކުރިއަށް އޮތް 24 ގަޑިއިރު މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް އެ އިދާރާއިން ވަނީ ކ. އަތޮޅުން ފެށިގެން މ. އަތޮޅަށް ރީނދޫ ސަމާލު ނެރެފައެވެ.

comment ކޮމެންޓް