ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ މަސައްކަތުގައި ބޭނުންކުރާ ވެހިކަލެއްގައި ރޯވެ އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
މި ހާދިސާ ހިނގީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.
މި ހާދިސާ ހިނގައިފައިވަނީ އެއާޕޯޓުގެ ޓާމިނަލާ ދުރުން، ޕަވާ ހައުސް ކައިރީގައެވެ. އެއީ ބީޔޫސީޖީގެ މަސައްކަތު ސައިޓެއްގެ ތެރެއެެވެ.
ރޯވެފައިވަނީ އެއާޕޯޓުގައި މަސައްކަތްކުރާ ބީޔޫސީޖީއިން ބޭނުންކުރާ ތާރު އަޅާ ވެހިކަލެއްގައެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައެއް ނުވެއެވެ.

ވެހިކަލްގައި ރޯވި އަލިފާން ނިއްވައިލަނީ -- ސަން ފޮޓޯ
އެއާޕޯޓުގެ އޮފިޝަލަކު "ސަން"އަށް މައުލޫމާތު ދިން ގޮތުގައި މިހާރު އެ އަލިފާންވަނީ ނިއްވައިލައިފައެވެ.
އަލިފާން ނިއްވައިލީ ބީޔޫސީގެ ވެހިކަލެއްގެ ބޭނުންކޮށްގެންނެވެ.