ދިރާގުގެ ގުޑި ފެސްޓް މާދަމާ ބާއްވަނީ

އުސްފަސްގަނޑު ސަރަހައްދުގައި މީހުން ގުޑި އަރުވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދިރާގުގެ ގުޑި ފެސްޓް މާދަމާ ބޭއްވުމަށް އެ ކުންފުނިން ނިންމައިފިއެވެ.

މި ހަރަކާތަކީ މާލެ ސިޓީ ކައުންސިލާ ގުޅިގެން މާލޭގެ އުސްފަސްގަނޑުގައި ބާއްވާ ހަރާކެތެކެވެ. މި ހަރަކާތް އޮންނާނީ މާދާމާ ހަވީރު 4:00އިން 6:00އަށެވެ. މި ހަރަކާތް އެންމެ ފުރަތަމަ ބާއްވަން ނިންމީ މި މަހުގެ އެއްވަނަ ދުވަހުއެވެ.

ދިރާގުން ބުނީ ގުޑިފެސްޓް މެދުވެރިކޮށް އެ ކުންފުނިން އުއްމީދު ކުރަނީ މި ބަރަކާތްތެރި ރަމަޟާން މަހު، ޒަމާންވީ ސަގާފީ އާދަކާދަތަކަށް ކުދިންގެ ޝައުގުވެރިކަން އިތުުރުކޮށް އާލާ ކުރުމަކީ މަޤްސަދެއްކަމަށެވެ.

މި ހަރަކާތުގައި ހުރިހާ އުމުރުފުރައެއްގެ ކުދިންނަށް ވެސް ބައިވެރިވެވޭނެއެވެ. އަދި މި ހަރަކާތުގައި އެކި ވައްތަރުގެ ގުޑި ވެސް ދިރާގުން ބަހާނެއެވެ.

މި ރަމަޟާން މަހަށް ޚާއްސަކޮށް ދިރާގުން ދަނީ ހިތްގައިމު ހަރަކާތްތަކާއި އޮފާތައް އާންމުންނަށް ގެނެސްދެމުންނެވެ. އެގޮތުން ދިރާގުގެ "ރޯދަ ހަދިޔާ ޝޮޕް"، ހަފުތާގެ 'ބޮޑު ހަދިޔާ" އަދި "ބޯނަސް މެގަ ހަދިޔާ" ގެ ނަމުގައި ދިރާގުގެ ހުރިހާ އެކްޓިވް ޕްރީޕެއިޑް، ޕޯސްޓްޕެއިޑް، މޮބައިލް ބްރޯޑްބޭންޑް އަދި ފައިބާ ބްރޯޑްބޭންޑް ކަސްޓަމަރުންގެ ތެރެއިން ނަސީބުވެރި އެއް ފަރާތަކަށް ދެ މީހެއްގެ އުމުރާ ދަތުރެއް ހޯދުމުގެ ފުރުސަތު ވެސް ހުޅުވާލާފައެވެ.

comment ކޮމެންޓް